ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 17:53
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ސިޔާސީ ޕާޓީތަކަށް ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހޭ
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ސިޔާސީ ޕާޓީތަކަށް ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހޭ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އެމްޑީޕީ ފިޔަވައި، އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމައިފި
 
އެމްޑީޕީން އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައެއް ނުވޭ
 
ޕާޓީތަކަށް ފައިސާ ދޫކުރާނީ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައިވާ ސިޔާސީ ޕާޓީތަކަށް އެކަނި
 
4 ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވޭ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ، އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމައި، ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. 

ރަޖިްސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ހަތަރު ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައި ވެއެވެ. އެ ޕާޓީއަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) އާއި، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލެޔަންސް (އެމްޑީއޭ)ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ 10،000 މެމްބަރުން ހަމަވި ނަމަވެސް، ޕާޓީތަކަށް ފައިސާ ދޫކުރާނީ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައިވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ. އިލްކެޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ފިނޭންސްއަށް ފޮނުވާފައި ނުވަނީ އެ ޕާޓީން އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައި ނުވަތީ ކަމަށެވެ.

އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅަން އޮންނަ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ 8 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެމްޑީޕީން ވެސް އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅައިފި ކަމުގައި ވާ ނަމަ އެ ޕާޓީއަށް ވެސް ފައިސާ ދޫކުރުމަށް ފޮނުވާނެ ކަމަށެވެ. 

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދޫކުރާއިރު، ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ. މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕީޕީއެމް އަށެވެ. އެ ޕާޓީއަށް 11.5 މިލިއަން ރުފިޔާ ލިބެއެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ 7.5 މިލިއަން ރުފިޔާ ލިބޭއިރު، ޖުމްހޫރީ ޕާޓީއަށް ލިބެނީ 2.6 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2.7 ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
75%
0%
25%
ކޮމެންޓް