ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 17:32
މައުމޫން (މ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި (ވ) އާއި ފަނޑިޔާރު އަލީ ހަމީދު
މައުމޫން (މ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި (ވ) އާއި ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް ފަސްކުރުމަށް ފަހު، އެންމެ ފަހުން ކެންސަލްކޮށްފި
 
ކެންސަލްކުރީ މައުމޫން ކޯޓަށް ހާޒިރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި
 
ކެންސަލް ކުރި ސަބަބެއް ހާމައެއް ނުކުރޭ

އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރައީސް މައުމުނާއި ދެ ފަނޑިޔާރުންނަށް ކުރާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ކެންސަލް ކުރީ އެ ޝަރީއަތް ފަށަން އޮތް ގަޑި ފަސްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ފަށަން ތާވަލުކޮށްފައި އޮތީ މެންދުރުފަހު 3:00 ގައެވެ. ނަމަވެސް ފަހުން ވަނީ 4:30 ގައި މައްސަލައިގެ އަޑުއެހުން ފަށާނެ ކަމަށް ވަކީލުންނާއި ނޫސްވެރިންނަށް އަންގާފައެވެ.

ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ހުންނެވި ރައީސް މައުމޫން އާދީއްތަ ދުވަހުގެ ޝަރީއަތަށް ކޯޓަށް ހާޒިރު ކުރީ 4:30 ހާއިރުއެވެ. އަޑުއެހުން ކެންސަލްކޮށްފައި ވަނީ އޭގެ ފަހުންނެވެ. ކެންސަލް ކުރި ސަބަބު އޮޅުން ފިލުވައި ދިނުމަށް އެދުމުން، ސަބަބެއް ވިދާޅެއް ނުވިއެވެ.

ރައީސް މައުމުނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ހުންނަވާތާ 76 ދުވަސްވަނީވެފައެވެ. އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައި ވަނީ ފޯނުތައް ފުލުހުންނަށް ނުދިނުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް