ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 17:19
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީންގެ މަރުގެ ޝަރީއަތް ސިއްރުކުރުމަކީ ނޫސްވެރިންގެ އަނގަބަންދުކުރަން ބޭނުންވާ މީހުންނަށް ހިތްވަރުދިނުން: ރިޕޯޓަރޒް ވިތައުޓް ބޯޑަރޒް
 
މައްސަލަ ސިއްރުކޮށްފައި ވަނީ ހަމައެކަނި ދައުލަތުން ބޭނުންވެގެން
 
ޝަރީއަތް ދެފުށް ފެންނަހެން ކުރިއަށް ގެންދިއުމަށް ބާރު އެޅުމަށް ސުޕްރީމް ކޯޓާއި އެޗްއާރްސީއެމަށް ގޮވާލާފައިވޭ
 
މައްސަލަ ސިއްރުން ކުރިއަށް ގެންދާ ނަމަ ޙުކުމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ

އަނިޔާވެރިކޮށް މަރާލާފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރިއަށްގެންދާ ޝަރީޢަތް ސިއްރުކޮށްފައި ބޭއްވުމަކީ ނޫސްވެރިންގެ އަޑު ކަނޑުވާލައި، ނޫސްވެރިންގެ އަނގަބަނދުކުރަން ބޭނުންވާ މީހުންނަށް ހިތްވަރުދިނުން ކަމަށް ނޫސްވެރިކަމާއި ނޫސްވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމުގައިވާ ރިޕޯޓަރޒް ވިތައުޓް ބޯޑަރޒް އިން ބުނެފިއެވެ.

ޔާމީން މަރާލިތާ 1 އަހަރު ވުމާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ހުންނަވާ އެ ޖަމިއްޔާގެ އިސްވެރިޔާ، ޑެނިއަލް ބާސްޓަރޑް ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިންނާއި ދެކޮޅަށް ހިންގޭ ޖަރީމާތަކުގައި އިންސާފު ނުލިބުމަކީ ދެރަ ކަމެއް ކަމަށާއި، ޔާމީންގެ މަރުގެ ޝަރީޢަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަކީ ނޫސްވެރިންގެ އަޑު ކަނޑުވާލައި، ނޫސްވެރިންގެ އަނގަ ބަނދުކުރަން ބޭނުންވާ ފަރާތްތަކަށް ދެވޭ ހިތްވަރުގެ މެސެޖެއް ފަދަ ކަމެއް ކަމަށެވެ.

މި ބަޔާނުގައި ޑެނިއަލް އިތުރަށް ވިދާޅުވެފައި ވަނީ، ޔާމީންގެ މަރުގެ ޝަރީއަތް އާންމުންނާއި ނޫސްވެރިންނަށް ހުޅުވާލައިގެން ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި، އެގޮތަށް އެކަން ނުކޮށްފި ނަމަ އެ މައްސަލައިގެ ޙުކުމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ފަހިވެގެން ދާނެ ކަމަށެވެ.  

ރިޕޯޓަރޒް ވިތައުޓް ބޯޑަރޒްގެ ބަޔާނުގައި އެ ޖަމިއްޔާ އިން ވަނީ ޔާމީންގެ މަރުގެ ޝަރީޢަތް ހާމަކޮށްދިނުމަށް ކޯޓުގައި އެދުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ގޮވާލާފައެވެ. އަދި ހަމަ މިއާ އެކު މި ޝަރީޢަތް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނާއި ސުޕްރީމް ކޯޓުގެ ނުފޫޒުގެ ތެރެއިން ކުރެވެން އޮތް މިންވަރަކަށް މަސައްކަތް ކޮށްދިނުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ޔާމީންގެ މަރާލިކަމުގެ ތުޙުމަތުގައި ބަޔަކު ހައްޔަރުކޮށް، އެމީހުންނާ ގުޅޭ ތަފްޞީލު ފުލުހުން ހާމަކޮށްފައިވާއިރު، ޔާމީންގެ ފަރާތުންނާއި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ފަރާތުން ވެސް ވަނީ މި ޝަރީއަތް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ. ނަމަވެސް މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފައި ވަނީ ހަމައެކަނި ދައުލަތުގެ އެދުމަށެވެ. އަދި މި ޝަރީއަތް ސިއްރުކުރަންޖެހޭ އެކަށޭނަ ސަބަބެއް ދައުލަތަށް މިހާތަނަށް ބުނެދެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް