ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 13:05
އައިޖީއެމް ހޮސްޕިޓަލް، ސިއްހީ ފަރުވާ ހޯދުމަށް ގިނަ ރައްޔިތުން ބަރޯސާ ވަނީ މި ހޮސްޕިޓަލަށް
އައިޖީއެމް ހޮސްޕިޓަލް، ސިއްހީ ފަރުވާ ހޯދުމަށް ގިނަ ރައްޔިތުން ބަރޯސާ ވަނީ މި ހޮސްޕިޓަލަށް
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް
އައިޖީއެމްއެޗް ލެބުގެ ސިސްޓަމް އަނެއްކާ ވެސް މައްސަލަޖެހި ޚިދުމަތް ހުއްޓިއްޖެ
 
ކުރިންވެސް މި މައްސަލަ ވަނީ ދިމާވެފަ
 
މައްސަލަ ހައްލުކުރެވޭނެ ވަކި ވަގުތެއް ނޭނގޭ
 
ޚިދުމަތް ހުއްޓުނީ ހޯމަ ދުވަހު ހެނދުނު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯޓްރީގައި ބޭނުން ކުރަމުންދާ ސިސްޓަމަށް މައްސަލައެއް ދިމާވެ، އަނެއްކާ ވެސް ލެބުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދާ، ރާއްޖޭގެ މައި ޕަބްލިކް ޓަރޝަރީ ހޮސްޕިޓަލަށް ވާއިރު، އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި ބޭނުން ކުރާ ސިސްޓަމަށް މައްސަލައެއް ކުރިމަތިވެގެން މި އަހަރު މީގެ ކުރިންވެސް ލެބޯޓްރީގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު ލެބޯޓްރީ ސިސްޓަމަށް މައްސަލައެއް ދިމާވެފައިވަނީ ހެނދުނު 08:45 ހާއިރުއެވެ. އޭރު ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް ލެބޯޓްރީއަށް ގޮސް ތިބިއިރު، ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނެ ވަކި ވަގުތެއް ނޭނގޭ ކަމަށް ލެބޯޓްރީގެ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.

ލެބޯޓްރީގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން، ޚިދުމަތް ހޯދަން ގޮސްތިބި ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައިޖީއެމްއެޗްގެ އެތެރޭގެ ވިއުގައަށް އެކި މައްސަލަތައް ދިމާވެގެން މީގެ ކުރިން ވެސް އެކި ޚިދުމަތް މެދުކަނޑާލާފައިވާއިރު، އެ މައްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ނުލިބޭ ކަމަށާއި، ތަނުގެ ސިސްޓަމަށް އެފަދަ މައްސަލަތައް ދިމާވާ ދަނޑިވަޅުތަކުގައި ތަނުގެ އިންޓަރނަލް ފޯން ލައިންތަކުގެ ޚިދުމަތް ވެސް ކެނޑޭކަން ފާހަގަކޮށް، މީގެ ކުރިން ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް