ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 11:26
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މިހަފްތާގައި މަޖިލިސް ބޭއްވުމަށް މަސައްކަތް އެބަ ކުރަން: ޕީޕީއެމް
 
މި ދައުރުގައި ބޭއްވީ 10 ޖަލްސާ
 
މަޖިލިސް ނުބާއްވާތާ މަސް ދުވަސް
 
އަންނަ ހޯމަ ދުވަހަށް ދައުރު ހަމަވާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މި ހަފްތާގައި ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕަލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އިސް މެމްބަރަކު “ރާއްޖެއެމްވީ” ވިދާޅުވީ މި ހަފްތާ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ޖަލްސާ ބޭއްވުމާމެދު ގޮތެއް ފައިނަލް ނުވާ ކަމަށެވެ.

މި ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 14ގައެވެ.

މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ ކޮންޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަސައްކަތެއް ނެތިގެން ކަމަށް ބުނެ، މަޖިލިސް ހުއްޓުވާފައިވާއިރު، މަޖިލީހަށް ހަ ބިލެއް ހުށަހަޅާފައިވެއެވެ. ދިރާސާ ކުރުމަށް ފަސް ބިލެއް ކޮމެޓީތަކަށް ފޮނުވާފައިވާއިރު، ބަހުސް މަރުހަލާ ފުރިހަމަ ކުރަން ޖެހޭ ބިލެއް ވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވެއެވެ.

މަޖިލީހުގައި މަސައްކަތެއް ނުކޮށް ބާއްވާފައިވާ ހަ ބިލުގެ ތެރޭގައި މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމާ ބެހޭ ބިލާއި ހެއްކާ ބެހޭ ބިލާއި ފޮރިން ސާވިސްގެ ބިލުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް