ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 06:50
ޤާނޫނީ ވަކީލް ހިސާން ހުސެއިން - އޭނާ ވަނީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ބަޔަކު ހުރަސްއަޅާކަމަށް ތުހުމަތުކޮށްފައި
ޤާނޫނީ ވަކީލް ހިސާން ހުސެއިން - އޭނާ ވަނީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ބަޔަކު ހުރަސްއަޅާކަމަށް ތުހުމަތުކޮށްފައި
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ހުރަސްއަޅައި، ކަންކަން ފޮރުވުމަށް ބަޔަކު މަސައްކަތްކުރޭ: ހިސާން
 
މަރާލުމުގެ އަމަލު ހިންގި މީހުން ކުށްވެރިވުމުގެ ބަދަލުގައި މަރާލީ ކީއްވެހޭ އަހާ މީހާ ކުށްވެރިވޭ
 
މިހާރު އޮތް ހާލަތަށް ބަލާއިރު، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުމަކީ ވަރަށް ނާދިރުކަމެއް
 
އެ މީހުން އެ މަސައްކަތްތައް ކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައި، ކަންކަން ފޮރުވުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބިކަމަށާއި، އެ މީހުން މަސައްކަތްކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިންކަމަށް ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވުމާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޔާމީން ރަޝީދުގެ އާއިލާގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރަމުން އަންނަ ވަކީލް ހިސާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލައާއި، ސިވިލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގެ އިތުރުން ހައިކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފުގެ މައްސަލައިގެ ވަށައިގެންވާ ކަންތައްތައް ފޮރުވަން ބޭނުންވާ ބަޔަކު އެބަތިބިކަމަށެވެ. އަދި އެ މީހުން އެ މަސައްކަތްތައް ކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ. 

"ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރަ ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑު މި ދަންނަވާ ނަން ނޭނގޭ، ގޮތް ނޭނގޭ ބަޔަކު މިގޭތެރެގައި ވަރަށް ބާރުވެރިކަމާއި ނުފޫޒުވެރިކަމާއެކު ކާމިޔާބުވަމުން އަންނަ ތަން. ހުރިހާ ދޮރުތަކެއް ބަންދުކުރަމުންދާތަން، އިންސާފުގެ މަގަށް ވާސިލްވުމަށް މިއޮތް،" 

ހިސާން ވިދާޅުވީ މިހާރު އޮތް ހާލަތަށް ބަލާއިރު، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. 

ހިސާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ނެތް ނަމަ، ފުލުހުންގެ އެތެރޭގެ ތަހުޤީޤެއް ހިންގުމަށްފަހު، އެ ތަހުޤީޤް އާންމުކުރައްވާނެކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއްވާކަމަށް ތުހުމަތުކުރޭ ބޮޑު މައްސަލާގައި އެތެރޭގެ ތަހުޤީޤެއް ހިންގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް އާންމުކޮށްފައިނުވާއިރު، އެފަދަ އެއްވެސް މައުލޫމާތެއް އާއިލާއަށްވެސް ދީފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެން މިތިބި ހާލަތަކީ މަރާލުމުގެ އަމަލު ހިންގި މީހުން ކުށްވެރިވުމުގެ ބަދަލުގައި މަރާލީ ކީއްވެހޭ އަހާ މީހާ ކުށްވެރިވާ ހާލަތުގައި އަޅުގަނޑުމެން މިތިބީ. މިއީ އަޅުގަނޑުމެން އަރައިގަންނަންޖެހޭ ހިސާބު."

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
80%
0%
20%
0%
0%
ކޮމެންޓް