ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 06:54
ޝަހިންދާ އިސްމާއީލް
ޝަހިންދާ އިސްމާއީލް
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ވަރަށް ބޮޑު: ޝަހިންދާ
 
ކުޑަކުޑަ ކަމަކާއި ގުޅިގެންވެސް މީހުން މެރުން މުޖުތަމައުގައި އާންމުކަމަކަށްވެފައިވޭ
 
މަރުގެ އިންޒާރާއި، ގެއްލުވާލާނެކަމުގައިި އިންޒާރާ އެއްޗެހިދެމުންގެންދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި
 
ޔާމީން ރަޝީދަކީ އިންސާނީ ހައްޤުތަކުގެ ދިފާއުގައި ވާހަކަދައްކާ، އަޑު އުފުލި ޒުވާނެއް

ބްލޮގަރ ޔާމީން ރަޝީދުގެ މަރަށްފަހު، އިންސާނީ ހައްޤުތަކަށް ވަކާލަތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ވަރަށް ބޮޑުވެގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ޔާމީން ރަޝީދަކީ އިންސާނީ ހައްޤުތަކުގެ ދިފާއުގައި ވާހަކަދައްކާ، އަޑު އުފުލި ޒުވާނެކެވެ. ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވުމާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝަހިންދާ ވިދާޅުވީ އިންސާނީ ހައްޤުތަކަށް ވަކާލަތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ބޮޑުވެގެންގޮސްފައިވާއިރު، މަރުގެ އިންޒާރުދިނުން އާންމުކަމަކަށް ވެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރާއި، ގެއްލުވާލާނެކަމުގެ އިންޒާރު ދެމުންގެންދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައިކަން ވެސް ޝަހިންދަ ފާހަގަކުރެއްވި އެވެ. 

ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާގެ މަޤާމުގައިވެސް ކުރިން ހުންނެވި ޝަހިންދާ ވިދާޅުވީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމަށްފަހު، ގެއްލުވާލާނެކަމުގެ އިންޒާރުދިނުންވެސް ވަރަށް ބޮޑަށް އާންމުކަމަކަށްވެފައިވާ ކަމަށެވެ. އެފަދަ އިިންޒާރުތައް ސީރިއަސްކޮށް ފުލުހުންވެސް ތަހުޤީޤްކުރަންޖެހޭނެ ކަމަށް ޝަހިންދާ ވިދާޅުވި އެވެ. 

"އަންހެނުންނާއި ދިމާކުރެވިފައި ހުންނަނީ ވަރަށް ބޮޑަށް ޖިންސީ ގޯނާކުރާނެކަމަށް ބުނެ އިންޒާރުދިނުމާއި ދިމާލުން. އަޅުގަނޑަށްވެސް އެބަހުރި އެކަހަލަ ގޮތްގޮތަށް އިންޒާރު އައިސް ހަމަ. ވަކި ކަހަލަ ކަންތައްތަކެއް ކުރާނަމޭ. ރޭޕްކުރާނަމޭ. އެކަހަލަ ވާހަކަބުނެ ޓުވިޓާރގައިވެސް އެބަ ފެނޭ އެގޮތަށް މީހުން ވާހަކަދައްކާ ތަން" 

ކުޑަކުޑަ ކަމަކާއި ގުޅިގެންވެސް މީހުން މެރުން މުޖުތަމައުގައި އާންމުކަމަކަށްވެފައިވާކަން ފާހަގަކޮށް ޝަހިންދާ ވިދާޅުވީ އެކަން އެގޮތަށް މެދުވެރިވަނީ ފައިސާ ދީގެން ބަޔަކު އެކަން ކުރުވާތީކަމަށެވެ. ފުލުހުން އެކަން ދޮގުކުރި ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި މަރުތަކުގެ ފަހަތުގައި އެކަން ރާވައި، ފައިސާދީ ހިންގާ ބަޔަކު ތިބޭކަމަށް ޝަހިންދާ ވިދާޅުވި އެވެ. 

"މީގެ އެންމެ ހިތާމަވެރިކަމަކީ، އަޅުގަނޑުމެންގެ ޒުވާން ޖީލުތައް މީގެތެރެއަށް ވައްދާފައި އޮތީމައި. މި ފައިސާ ދީގެން ނުވަތައް މަސްތުވާތަކެތީގެ ބޭނުންކޮށްގެން ޒުވާން ޖީލުތައް ބޭނުންކޮށްގެން މިކަން ކުރާތީ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް