ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 06:44
ޤާނޫނީ ވަކީލް ސަފާ ޝަރީފް - އޭނާ ވަނީ އިންސަފުވެރިކަމާއެކު މައްސަލަތައް ތަހުޤީޤްކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލައިފައި
ޤާނޫނީ ވަކީލް ސަފާ ޝަރީފް - އޭނާ ވަނީ އިންސަފުވެރިކަމާއެކު މައްސަލަތައް ތަހުޤީޤްކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލައިފައި
ރާއްޖެ އެމްވީ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުންވެސް ބޭނުންވޭ: ސަފާ
 
ކުށްކުރާ މީހާ އިންސާފުގެ ކުރިމައްޗަށް ނުގެންނަކަމުގައިވާނަމަ އެއީ ކުށްކުރާ ފަރާތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް
 
ފުލުހުންގެ މުއައްސަސާއަށް އިތުބާރުކުރެވޭނީ ހަމަހަމަކަމާއެކު މައްސަލަތައް ބަލާ ތަހުޤީޤްކުރާތަން ފެނުމުން
 
އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމުގައިވާނަމަ، ލިބޭ ހުކުމެއްވެސް އިންސާފުވެރިއެއްނުވާނެ

އަނިޔާވެރި، ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ފަރާތުންވެސް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށް ޤާނޫނީ ވަކީލް ސަފާ ޝަރީފް ވިދާޅުވެއްޖެ އެވެ. 

ޔާމީން ރަޝީދު މަރާލިތާ އެއް އަހަރުވުމާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން, އާއިލާގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުން އަންނަ ސަފާ ޝަރީފް ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއް ޤާއިމްވެއްޖެކަން ގަބޫލުކުރޭވޭނެ ގޮތަކީ، އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް އޮންނަ ޑިއު ޕްރޮސެސް ފުރިހަމަވެގެން ކަމަށެވެ. އެ ޑިއު ޕްރޮސެސް ފުރިހަމަނުވާކަމުގައިވާނަމަ އާހިރުގައި އެއީ އިންސާފުވެރި ޝަރީއަތަކަށް ނުވާނެކަމަށް ސަފާ ވިދާޅުވި އެވެ. 

ސަފާ ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމުގައިވާނަމަ، ލިބޭ ހުކުމެއްވެސް އިންސާފުވެރިނުވާނެކަމަށެވެ. 

"އެހެންވީމާ، މި މައްސަލާގައި ހުދު ދައުވާ ރައްދުވާ ފަރާތްތަކުން އާންމުންނަށް ހުޅުވާލަިއގެން ޝަރީއަތް ކުރިއަށްގެންދިއުމަށް ބޭނުންވާއިރު އަދި ޔާމީން ރަޝީދުގެ އާއިލާއާއި މުޅި މި ދިވެހިރާއްޖެ ރައްޔިތުންވެސް އެ ޝަރީއަތުގައި ކަންތައްތައް ކުރިއަށްދާ ގޮތް އެނގެން ބޭނުންވާއިރު ކޮބައިތޯ މީގެ އޮތް އިންޓްރެސްޓަކީ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށްގެންދިއުމުގެ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް އަންޑަސްޓޭންޑެއް ނުވޭ" 

ސަފާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރުކުރެވޭނީ ހަމަހަމަކަމާއެކު މައްސަލަތައް ބަލާ ތަހުޤީޤްކުރާ ތަން ފެނުމުން ކަމަށާއި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނީ ކުށް ތަހުޤީޤްކުރުމަށްފަހު އެ ކުށްކުރާ ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެންނަ މަންޒަރު ފެނުމުންކަމަށްވެސް ސަފާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މައްސަލަތައް އިންސާފުވެރިކަމާއުކު ތަހްޤީޤްކޮށް، ކުށްކުރާ މީހާ އިންސާފުގެ ކުރިމައްޗަށް ނުގެންނަކަމުގައިވާނަމަ އެއީ ކުށްކުރާ ފަރާތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެއީ ހުރިހާ ދިވެހި ރައްޔިތުންވެސް ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށް ސަފާ ވިދާޅުވި އެވެ. 

"ކުށްކުރާ މީހާ، ކުށެއް ކޮށްފަ އޭނާ އަމިއްލައަށް އޭނައަށް ރައްކާތެރިކަމެއް ލިބޭކަމަށް ގަބޫލުކުރެވޭ ހިސާބަށް ކަންތައްތައް ދިއުމަކީ ހަޤީޤަތުގައިވެސް އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެއް. އަދި އޭނާ އެކަންޏެއް ނޫން. އެހެން މީހުންނަށްވެސް އޭގައިން ހިތްވަރު ލިބޭނެ" 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް