ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 23:17
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން
މުހައްމަދު ޝަރުހާން
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ އޭނާ މަރާލި މީހުން ކަމަށް ގަބޫލެއް ނުކުރަން: ހުސައިން ރަޝީދު
 
މައްސަލައިގައި ޖަވާބު ނުލިބޭ އެތަށް ސުވާލުތަކެއް އެބަހުރި
 
ޔާމީން ރަޝީދު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު
 
ޔާމީން ރަޝީދުގެ މައްސަލައިގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައި

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ އޭނާ މަރާލި މީހުން ކަމަށް ގަބޫލު ނުކުރާ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝިދު ބުނެފި އެވެ

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ހުސައިން ރަޝީދު ބުނީ، ޔާމީންގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހުންނާއި ޔާމީނާއި އެއްވެސް ގުޅުމެއް އޮތް ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި ޔާމީނަކީ އެއްވެސް ގޭންގްއަކާއި ގުޅުން އޮންނަ ބައެއް ނޫން ކަމަށެވެ. އަދި ފުލުހުން މި މައްސަލައިގައި ޔާމީން ރަޝީދު މަރާލީ ދީނަށް ފުރައްސާރަކުރާތީކަމަށް ތަހުޤީޤަށް ފާހަގަވިކަމަށް ބުނި ހިސާބުންވެސް އިންސާފު ލިބޭނެ މަގު ބަންދުވެފައިވާ ކަމަށް ގަބޫލު ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ އަމަލުތަކުން އަބަދުވެސް ފެންނަނީ ކަން އޮތްބާލުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށާއި މި މައްސަލައާއި ގުޅިގެން އުފެދޭ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭ ކަމަށް ހުސައިން ރަޝީދު ބުންޏެވެ.

"ޔާމީން ރަޝީދަށް ކުރިމަތިވާ ތްރެޓްތައް ބެލުމުގައި ފުލުހުން އިހްމާލުވެފައިވާ ކަން އެނގުނު. ޔާމީން ރަޝީދުގެ މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނިންމުމުން އަދުލް އިންސާފު ގާއިމް ވާނެ ކަމަށް އުންމީދެއް ނުކުރަން." ހުސައިން ރަޝީދު ވިދާޅުވި އެވެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ސ. ފޭދޫ، ޗަނބޭލީގެ އުމުރުން 29 އަހަރުގެ ޔާމީންގެ ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީފައިވާ އިރު ޔާމީން މަރާލި މައްސަލައާއި ގުޅިގެން އަށް މީހަކު ވަނީ ހައްޔަރު ކުރެވިފަ އެވެ.

މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ހުރިހާ އަޑު ހެއުންތަކެއްވެސް ދަނީ ސިއްރުންނެވެ. މިކަމާ ގުޅިގެން އޭނާގެ އައިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
36%
27%
0%
36%
ކޮމެންޓް
23 އޭޕްރިލް 2018 | ހޯމަ 08:37
Hassanube
Husseynaa dhen kaaku kurikameh?