ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 22:49
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު
ރާއްޖެއެމްވީ
ޔާމީން ރަޝީދުގެ މަރު
ތަހުގީގުގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރޭ، އިންސާފު ހޯދުމަށް މަސައްކަތް ކުރުމުން ކުރިމަތިވީ ޖެއްސުމާއި ފުރައްސާރަ: ހުސައިން ރަޝީދު
 
މި މައްސަލަ ބެލުމުގައި ފުލުހުން ވަނީ އިހުމާލުވެފައި
 
އެންމެ ފުރަތަމަ ދުވަހު ހުރި ސުވާލުތައް އަދިވެސް ހިތުގައި އެބަހުރި
 
ތަހުގީގުގެ އެއްވެސް މައުލޫމާތެއް ނުލިބޭ

ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވާކަމަށާއި، އިންސާފު ހޯދުމަށް މަސައްކަތް ކުރުމުން ކުރިމަތިވީ ޖެއްސުމާއި ފުރައްސާރަ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނެފި އެވެ. 

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަމުން ހުސައިން ރަޝީދު ބުނީ، ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އަހަރެއް ވެގެންދިޔަ އިރު ފުލުހުންގެ ފަރާތުން ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އިންސާފު ހޯދުމަށް މަސައްކަތް ކުރުމުންވެސް ކުރިމަތިވީ ފުރައްސާރައާއި ޖެއްސުމާއި މަލާމާތް ކަމަށް ހުސައިން ރަޝީދު ބުންޏެވެ.

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުންނަށް 800 ސިޓީ ހުށަހެޅުމުންވެސް ފުލުހުން އެ ސިޓީތައް ބަލައިގަތުމުގެ ބަދަލުގައި ޔާމީން ރަޝީދުގެ މަރާ ގުޅިގެން އެހާ ގިނަ ބައެއް ކަންބޮޑުވާނެ ކަމާ މެދު އުފެއްދީ ސުވާލު ކަމަށް ހުސައިން ރަޝީދު ބުނި އެވެ. ޔާމީންގެ މަރާއި ގުޅިގެން ފުލުހުން ކަންބޮޑުނުވާ ކަމަށާއި މަރުގެ ތަހުގީގާއި ގުޅޭ މައުލޫމާތުވެސް ލިބިފައިވަނީ މީޑިޔާއަށް ހިއްސާކުރި މައުލޫމާތުން އެކަނި ކަމަށް ހުސައިން ރަޝީދު ބުންޏެވެ. 

ހުސައިން ރަޝީދު ބުނީ، މިމައްސަލައިގައި އެންމެ ފުރަތަމަ ދުވަހުވެސް އުފެދުނު ސުވާލުތަކަށް ޖަވާބެއް ނުލިބޭ ކަމަށާއި އަދުލު އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް މިއަދު ނެތް ކަމަށެވެ. އެހެން ނަމަވެސް އިންސާފު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
33%
17%
0%
33%
ކޮމެންޓް
22 އޭޕްރިލް 2018 | އާދީއްތަ 20:23
ގެ މައިންބަފައިން
އިންސާފު ހޯދުމަށް މަސައްކަތްއެކުރަނީ ޔާމީން އެއްނޫން، އެމަރުހޫމް ގެ މައިންބަފައިން،
22 އޭޕްރިލް 2018 | އާދީއްތަ 19:09
އެއްބާރުލުންދޭކަވެސް
ޖެއްސުމާއި ފުރައްސާރަ ކުރާނަމަ އެއްބާރުލުންދޭކަވެސް ނުޖެހޭނެ، އެދުވަސްއެވެރިންނަށް އަންނަދުވަހު ރޮއެ ހޭރޭނެ