ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 03:47
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު - އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް ބުދަ ދުވަހަށް ވަނީ ތާވަލްކޮށްފައި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު - އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް ބުދަ ދުވަހަށް ވަނީ ތާވަލްކޮށްފައި
މުހައްމަދު ޝަރުހާން
މަހްލޫފު
މަހްލޫފުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް ބުދަ ދުވަހު!
 
މަހްލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ
 
ހޯމަ ދުވަހުވެސް އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން އަންނަ ބުދަ ދުވަހު ވެސް ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މަހްލޫފުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުންތަކެވެ.  

މި އަޑުއެހުމަށް ހާޒިރު ވުމަށް މަހްލޫފުގެ ދިފާއީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަށް ވަނީ ޗިޓް ފޮނުވާފަ އެވެ. މަހުލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ. އަދި ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށްބުނެ މަހްލޫފު ކޮށްފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ބުނެ އެވެ.

މާފުށި ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. މީގެ އިތުރުން މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާއެއްވެސް ވަނީ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް