ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 19:44
އިމްތިޔާޒް ފަހުމީ ޕްރެސް ދެއްވަނީ
އިމްތިޔާޒް ފަހުމީ ޕްރެސް ދެއްވަނީ
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އަމިއްލަ އެދުމަށް ރައީސް ޔާމީން އަސްކަރިއްޔާއާ ދައްކަވަނީ ޣައިރު ޤާނޫނީ ވާހަކަ: ގުޅިފައިވާ ޕާޓީތައް
 
އެއެދެނީ ޣައިރުޤާނޫނީ ވެރިކަން ދިފާއުކޮށްދެއްވުމަށް
 
އެއީ އަމިއްލަ ޖަގަހައިގަ ދައްކަވާފަދަ ވާހަކަތައް
 
އެވާހަކަތަކާމެދު ދިވެހި އަސްކަރިއްޔާއިން ކަންބޮޑުވޭ

އަމިއްލަ އެދުމައިގެން ވެރިކަން ދިފާއު ކުރުމަށް ރައީސް ޔާމީން ދިވެހި އަސްކަރިއްޔާ އާއި މުހާތަބުކޮށް ދައްކަވަނީ ޣައިރު ޤާނޫނީ އަދި ސިޔާސީ ވާހަކަތައް ކަމަށާއި، އެވާހަކަތަކާ މެދު ދިވެހި އަސްކަރިއްޔާއިން ކަންބޮޑުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހްމީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަމިއްލަ އެދުމައިގެން ވެރިކަން ހޯދުމަށް ޣައިރު ޤާނޫނީ ކަންކަން ކުރަމުންދާ ކަމަށް ރައީސް ޔާމީން އަސްކަރިއްޔާއާ މުޚާތަބުކޮށް ވާހަކަ ދައްކަވާއިރު ދައްކަވަނީ އަމިއްލަ ޖަގަހައިގަ ދައްކަވާފަދަ ވާހަކަތައް ކަމަށާއި އަމިއްލަ ވެރިކަން ދިފާއު ކުރުމަށް އަސްކަރިއްޔާ އާއި ބައްދަލުކޮށް ޣައިރު ޤާނޫނީ ސިޔާސީ ވާހަކަ ދެއްކެވުމަކީ އަސްކަރިއްޔާއިން ވަރަށް ކަންބޮޑުވާނެ ކަންކަން ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ އަގު ދަށްކޮށްލުމަށް ރައީސް ޔާމީން ދައްކަވާފައިވާ ތަފާތު ވާހަކަތަކަށް އިޝާރާތް ކުރައްވާ އިމްތިޔާޒް ވިދާޅުވީ  އިދިކޮޅުޕާޓީތަކަށް ނިސްބަތްކޮށް، އަމިއްލަ އެދުމާވެގެން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތަކުގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކޮށްދިނުމަށް އަސްކަރިއްޔާގެ ކިބައިން ޔާމީން އެދިވަޑައިގެންނެވީ، އެމަނިކުފާނުގެ ޣައިރުޤާނޫނީ ވެރިކަން ދިފާއު ކޮށްދެއްވުމަށް ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ އަމިއްލަ އެދުމާއިގެން ވެރިކަމުގައި ހުންނެވީ ކާކުކަން ދިވެހިރައްޔިތުންނަށް އޮޅިފައިނެތް ކަމަށާއި، ޣައިރު ޤާނޫނީ ވެރިކަން ދިފާއު ކުރުމަށް ޤާނޫން އަސާސީގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް ހުއްޓުވައި މުޅި ޤައުމު އެއްކޮށް ޚަރާބު ކޮށްލާފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.  

"އަމިއްލަ ޤައިރުޤާނޫނީ ވެރިކަމެއް ދިފާއުކުރުމަށް ރާއްޖޭގެ ޤާނޫނުއަސާސީގެ ހަމައެއްކޮށް ބާރުކަނޑުއްވާލާ، ރާއްޖޭގެ ދައުލަތުގެ ބާރުތައް ކަނޑުވާލާ، އެއްކޮޅުން ސްޕްރީމްކޯޓުގެ ޓިނުނަގާ، އެތަނުގަ ތިއްބަވާ ފަނޑިޔާރުން، އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދު، ދެންހުންނެވި ފަނޑިޔާރު އަލީ ހަމީދު ފުރާޅުން ޓިނު ނަގާގެން ގޮސް ޖަލަށްލާ، އެބޭފުޅުންގެ ހުރިހާ ހައްގުތަކެއް ޤާނޫނާ ޚިލާފަށް ހިފަހައްޓާ މިހުރިހާކަމެއް ކުރައްވަމުން މިގެންދަވަނީ. އަމިއްލައެދުމާގެން އުޅުއްވާކަން މިހުންނަނީ ވަރަށްސާފުކޮށް ފެންނަން." އިމްތިޔާޒު ވިދާޅުވި އެވެ.

އިންތިޔާޒު ފަހުމީ އިތުރަށް ވިދާޅުވީ، ޤައުމެއް އެއްކޮށް ހަރާބުކޮށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބާރުކަނޑުވާލައި ގޮށްމުށުގެ ބާރު ދައްކަމުންދާ ކަމީ އަމިއްލަ އެދުންއޮތުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް އެކަނި ބަލާލި ނަމަވެސް، އަމިއްލަ އެދުމާއިގެން އުޅުއްވާ މިންވަރު ވަރަށް ރަނގަޅަށް ފެނި ހާމަވެގެންދާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތަކަށް ހެދިގޮތް އަދިވެސް މިސަރުކާރަށް ދިވެހިރައްޔިތުންނަށް ސާފުކޮށް ނުދެވޭ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުން އިސްކުރައްވާ މިންވަރު ހާމަވެގެންދަނީ، އަމިއްލަގެ އެހެން ގެއަކާ ލާޖައްސައި 17 ބުރިއަށް އިމާރާތްކުރުމަކީ އަމިއްލަ އެދުން ކަމަށާއި އަމިއްލަ އެދުންބޮޑުވެގެން ރައީސް ޔާމީނުކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އިމްތިޔާޒު ފަހްމީ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
75%
25%
0%
0%
0%
0%
ކޮމެންޓް