ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 16:24
އެންސީއައިޓީއާއި ޑީއެންއާރުގެ އިސްވެރިންނާއެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިން
އެންސީއައިޓީއާއި ޑީއެންއާރުގެ އިސްވެރިންނާއެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ވޯޓަރޒް ލިސްޓް
އިންތިހާބަށް ވޯޓަރޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ޑީއެންއާރާއި އެންސީއައިޓީއާއެކު ފަށައިފިން: އިލެކްޝަންސް
 
މައުލޫމާތު ލިބިފައިވާ ގޮތުން އަންނަ މަހުގެ ތެރޭގައި ވޯޓަރޒް ލިސްޓް ނެރުމަށް އީސީން ދަނީ މަސައްކަތް ކުރަމުން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓަރޒް ރަޖިސްޓްރީ ލިސްޓް އެކުލަވާލުމާއި ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވޭނެ އަމާން މާހައުލެއް އެބައޮތް ކަމަށް ނިންމައި ވޯޓަރޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތާއި އިންތިހާބާ ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، އެކޮމިޝަނާމެދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަމުންދަނީ މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނާއެކު ރިޔާސީ އިންތިހާބަށް ނުދާނެ ކަމަށެވެ.

އަދި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަކީ އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ސަރުކާރު ހިންގާ ޕީޕީއެމްގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އަދި އެކޮމިޝަނުގައި ދެން ތިއްބެވި މެމްބަރުންނަކީވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ އެތައް ހައްގުތަކަކަށް އަރާވަޑާއިގަންނަވައިގެން ތިއްބެވި މެމްބަރުން ތަކެއް ކަމަށެވެ. އެހެންކަމުން އެވަރުގެ ކޮމިޝަނަކާއެކު ރިޔާސީ އިންތިހާބަށް ނުދާނެ ކަމަށާއި އިންތިހާބު ބޭއްވޭނީ، އިލެކްޝަންސް ކޮމިޝަން މިނިވަންކޮށް، އިންތިހާބު ބޭއްވޭނެ އަމާން މާހައުލެއް ގާއިމު ކުރުމަށް ފަހުގަ ކަމަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.

އެންސީއައިޓީއާއި ޑީއެންއާރުގެ އިސްވެރިންނާއެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިން 

މައުލޫމާތު ލިބިފައިވާ ގޮތުން އަންނަ މަހުގެ ތެރޭގައި ވޯޓަރޒް ލިސްޓް ނެރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް