ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 14:55
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ނުބާއްވާތާ މަސް ދުވަސް، ދައުރު ނިމެން ހަފްތާއެއް!
 
ދައުރު ނިމޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހު
 
މި ދައުރުގައި ބޭއްވީ 10 ޖަލްސާ
 
މަޖިލީހުގައި ހަ ބިލެއް ހުއްޓިފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ދައުރު ނިމެން ހަފްތާއަކަށް ވެއްޖެ އެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް އަދި ކޮމެޓީ ބައްދަލުވުމެއް ވެސް ބާއްވާފައެއް ނުވެއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމެން ހަފްތާއަކަށް ވެފައިވާއިރު، ދައުރު ނިމުމާއެކު އަނެއްކާވެސް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެއެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ 10 ޖަލްސާއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހެއެވެ. އެއީ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުއެވެ.

ގުޅިފައިވާ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ބާއްވަމުން ދަނީ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކޮށްލަން ބޭނުން ކުރާ ޚާއްސަ ތަނެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ބިލްތަކާއި މުއައްސަސާތަކަށް ބޭނުންވާ ބޭފުޅަކު އައްޔަން ކުރުމަށް ފަހު މަޖިލިސް އޮންނަނީ "ހިމޭން" ކުރުވާފައެވެ.

މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ ކޮންޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަސައްކަތެއް ނެތިގެން ކަމަށް ބުނެ، މަޖިލިސް ހުއްޓުވާފައިވާއިރު، މަޖިލީހަށް ހަ ބިލެއް ހުށަހަޅާފައިވެއެވެ. ދިރާސާ ކުރުމަށް ފަސް ބިލެއް ކޮމެޓީތަކަށް ފޮނުވާފައިވާއިރު، ބަހުސް މަރުހަލާ ފުރިހަމަ ކުރަން ޖެހޭ ބިލެއް ވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވެއެވެ.

މަޖިލީހުގައި މަސައްކަތެއް ނުކޮށް ބާއްވާފައިވާ ހަ ބިލުގެ ތެރޭގައި މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމާ ބެހޭ ބިލާއި ހެއްކާ ބެހޭ ބިލާއި ފޮރިން ސާވިސްގެ ބިލުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް