ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 13:47
މޮޑެލް ކުރުމަށް ނިވާކަން ކުޑަ ހެދުން ލައްވާފައި
މޮޑެލް ކުރުމަށް ނިވާކަން ކުޑަ ހެދުން ލައްވާފައި
ރާއްޖެ އެމްވީ
މޮޑެލްކުރުން
ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
 
އެ އަމަލު ހިންގާފައި ވަނީ ރިސޯޓެއްގައި
 
އެއީ ދީނުގެ ކަރާމާތް ކަނޑާލުން: ޝެއިހް ޒައިދު
 
އެއީ ބޮޑުވެގެންވާ މުންކަރާތެއް: ސަފަލް

މޮޑެލުންތަކެއް ހޮވުމަށް ބޭއްވި ޝޯއެއްގައި ދިވެހި އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުންތަކެއް ލި މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިވެހި އަންހެން ކުދިންތަކެއް، ނިވާކަން ކުޑަ ހެދުންތަކެއް ލައްވައިގެން މޮޑެލް ކުރުވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ރިސޯޓެއްގައެވެ. އެ ހަރަކާތުގައި ދިވެހި ޒުވާން އަންހެން ކުދިންގެ ވަނާތައް ފެންނާނެ ގޮތަށް، ނިވާކަން ކުޑަ ހެދުން ލައްވައިގެން މޮޑެލް ކުރުވާފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އަންހެން ކުދިންތަކެއް ބައިވެރިކޮށްގެން، މުބާރާތެއްގެ ގޮތަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބޭރުގެ ބަޔަކާ ގުޅިގެންނެވެ.

އެކަމާމެދު ކަންބޮޑުވުންފާޅުކޮށް، ޝެއިހް އަލީ ޒައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ އަންހެން ކުދިންގެ އިއްފަތްތެރިކަން ނީލަން ކިޔައި، އިސްލާމީ ގައުމެއްގެ ކަރާމާތް ކަނޑާލަަން ފާސިގުން ހިންގި އަމަލެއް ކަމަށެވެ. އެ އަމަލަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޖަމިއްޔަތުއް ސަލަފުން ވެސް ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފެޝަން ޝޯގެ ނަމުގައި ނިވާކަން ކުޑަ އެއްޗެހި ލައްވައިގެން، ފާހިޝް ޝޯތައް ބޭއްވުމަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށެވެ. ފަސާފައިގެ އަމަލު ތަކަކަށް މުސްލިމުން ތާއިދު ކުރުމެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހެދުން އެޅި އެ މައްސަލާގައި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއަހަރު ފެށުމުގެ ގޮތުން ބޭއްވި ޝޯގައި ވެސް ނިވާކަން ކުޑަ ހެދުންލި މައްސަލަ، ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވެސް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދިވެހިންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަށާއި އިސްލާމީ އަހުލާގު ގެއްލިދާނެ ފަދަ އަމަލުތަކެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި ޣައިރު ދީންތަކަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިސްލާމް ދީން ހިމާޔަތް ކުރާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އިސްލާމް ދީނާ ދެކޮޅު ކަންކަން ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެކަންކަން ހުއްޓުވުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މީގެ ރާއްޖޭގައި އަންހެން ކުދިން ބަރަހަނާކޮށް ބަހައްޓައިގެން ބޮޑީ ޕެއިންޓްކުރި މައްސަލަ އަދި ވެސް ފުލުހުން ނުބަލަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
9%
11%
13%
13%
4%
49%
ކޮމެންޓް
23 އޭޕްރިލް 2018 | ހޯމަ 02:23
ޙަސަން
މި ގައުމުގަ ތިބީ މިކަން ކުއަވެރި ކުރާނެ ހަމަ އެންމެ 2 އިލްމުވެރިންތޯ؟؟؟
22 އޭޕްރިލް 2018 | އާދީއްތަ 11:40
ހ މ ޒ
ކޮބާތަ އަނާރާ އާއި ޢަލީ ޒާހިރު. ކޮބާ ކަލޭމެންގެ އަނގަ ބައްދައިގެން ވެރިކަން ހޯދަން ބަޔަކު އުޅޭކަން އެނގޭ ތަޯ ؟
22 އޭޕްރިލް 2018 | އާދީއްތަ 11:32
ހ މ ޒ
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޓޮޕް މޮޑެލް މޯލްޑިވްސް 2018 ކާމިޔާބު ކުރީތީ ޖަމްޝީދާ ޖަމްޝީދަށް މަރުޙަބާ. ހަނީފާ ހިލްމީ އާއި ހީ އެންޑް ޝީ އިން މިކުރީ ވަރަށް ރަނގަޅު ކަމެއް" ކަމަށެވެ؟
22 އޭޕްރިލް 2018 | އާދީއްތަ 11:17
ފަހުދު
އިލްމުވެރިން" ބޭނުންވަނީ އަހަރެމެން އަބާޔާ ލައިގެން އަބަދު ގޭގަ ތިބެންތަ؟ އުނދަގޫ ބޮޑު ބައެއް"
22 އޭޕްރިލް 2018 | އާދީއްތަ 10:01
tunu
miyakee EU ge nimmumem bodakee tinu