ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 12:48
ބ. ހިތާދޫ ކައުންސިލަރުން މިއަދު އޮފީހަށް ނިކުންނަ ވަނީ
ބ. ހިތާދޫ ކައުންސިލަރުން މިއަދު އޮފީހަށް ނިކުންނަ ވަނީ
އެމްޑީޕީ
ބ. ހިތާދޫ
ހިތާދޫ ކައުންސިލަރުން ވެސް ސަސްޕެންޝަނަށް ފަހު އޮފީހަށް ނުކުންނަވަން ފައްޓަވައިފި
 
އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހަރަކާތަކާއެކު

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ނެރުނު ބަޔާނަކާ ގުޅިގެން ބ. ހިތާދޫ ކައުންސިލް މެމްބަރުން އެއް މަސް ދުވަހުގެ ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުމެއްޖެ އެވެ.

މީގެ އެއްމަސް ކުރިން ލޯކަލް ގަވަންމަންޓް އޮތޯރީ (އެލްޖީއޭ) ހިތާދޫ ކައުންސިލް ސަސްޕެންޑް ކޮށްފައި ވާއިރު، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުންނާއި ކައުންސިލަރުން ގޮވާލަމުން ދިޔައެވެ. އެގޮތުން އެކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑް ކުރުމުގައި އެލްޖީއޭއިން ދިޔައީ އަވަދިނެތި މަސައްކަތް ކުރަމުން ނެވެ.

އެލްޖީއޭއިން ސަސްޕެންޑްކުރި ބައެއް ކައުންސިލްތައް އެއް މަސްދުވަހުގެ ސަސްޕެންޝަން ނިމި އޮފީހަށް ނުކުމެވަޑައިގެންފައި ވާއިރު، އެ ރަށްރަށުގެ ރައްޔިތުން ކައުންސިލަރުންނަށް ކިޔަމުންދާ މަރުހަބާތައް ދަނީ އިތުރުވަމުން ނެވެ. އެގޮތުން ސަސްޕެންޝަން ނިމި އޮފީހަށް ނިކުތް ބައެއް ކައުންސިލަރުން އޮފީހަށް ވަޑައިގެންނެވީ ރައްޔިތުންގެ ފަރާތުން ދެއްނެވި ސަގާފީ އެކިއެކި ހަރަކާތްތަކާއެކުގަ އެވެ.

އެގޮތުން ހިތާދޫ ކައުންސިލް ވެސް އާދިއްތަ ދުވަހު އޮފީހަށް ނިކުންނަވާފައިވަނީ ރައްޔިތުންގެ ފަރާތުން ބޭއްވި ސަގާފީ ހަރަކާތަކާއެކުގަ އެވެ.

ހިތާދޫ ކައުންސިލްގެ މެމްބަރުން ވިދާޅުވީ ރައްޔިތުންނަށް ހިދްމަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް ހިދްމަތް ކުރުމުގައި ސާބިތުކަމާއެކު ތިއްބަވާނެ ކަަމަށެވެ. ސިޔާސީ ގޮތުން ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށްވެސް ކައުންސިލަރުން ވިދާޅުވި އެވެ.

ހިތާދޫ ކައުންސިލްގައި ތިއްބަވާ ތިން ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
33%
0%
0%
67%
ކޮމެންޓް