ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 12:41
ސަންޕެންޑް ކުރި މިލަންދޫ ކައުންސިލްގެ ރައިސާއި ނައިބް ރައީސް
ސަންޕެންޑް ކުރި މިލަންދޫ ކައުންސިލްގެ ރައިސާއި ނައިބް ރައީސް
ފޭސްބުކް
ށ މިލަންދޫ
ސަސްޕެންޝަނަށް ފަހު، މިލަންދޫ ކައުންސިލްގެ މެމްބަރުންނަށް ހޫނު މަރުޙަބާއެއް
 
ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ވަނީ ފުނޑާލާފަ

އެއް މަސް ދުވަހުގެ ދިގު ސަސްޕެންޝަނަކަށް ފަހު މިލަންދޫ ކައުންސިލްގެ ދެ މެމްބަރުން އޮފީހަށް ނުކުމެވަަޑައިގަތުމުން އެރަށު ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ސުޕްރީމް ކޯޓްގެ އަމުރެއް ތަންފީޒު ކުރުމަށް ގޮވާލުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ސަސްޕެންޑް ކުރީ، މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު އަދި އެ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމެވެ. މިލަންދޫ ކައުންސިލްގައި ތިން މެމްބަރުން ތިބޭ އިރު
، ފާއިޒު އާއި ޝިޔާމަކީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ.

ސަސްޕެންޝަނަށް ފަހު ފާއިޒު އާއި ސިޔާމް އޮފީހަށް ނުކުމެވަޑައިގަތުމުން އެރަށުގެ އެރަށުގެ ރައްޔިތުން މާފަތި އަޅުވައި މަރުޙަބާ ކިޔެވެ. ސަންޕެންޑު ކުރި ނަމަވެސް ރައްޔިތުންގެ ތާއިދު ފާއިޒު އާއި ޝިޔާމަށް އޮތްކަން ހާމަކޮށްދިނެވެ. އަދި ހައްގު ބަސް ބުނުމަށް ފަހަތަށް ނުޖެހުމަށް ރައްޔިތުން އެދުނެވެ. 

މިލަންދޫ ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް ވެސް ވިދާޅުވީ ރައްޔިތުންނަން ޓަކައި، ހައްގު ބަސް ބުނުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރާނެކަމަށެވެ.

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ގިނަ ކައުންސިލް ތަކަކުންވަނީ ބަޔާން ނެރެފައެވެ. އެގޮތުން އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާއި ބަޔާން ނެރުގެން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން، ދިއްދޫ ކައުންސިލްގެ މެމްބަރުން ސަސްޕެންޑްކުރި އެވެ. އެ ބޭފުޅުން ވެސް ވަނީ ވަޒީފާއަށް އަލުން ނުކުންނަން ފައްޓަވާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް