ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 09:01
މާވާ ސްޓަރ އަޑިއަށް ގޮސްފައި
މާވާ ސްޓަރ އަޑިއަށް ގޮސްފައި
އެމްއެންޑީއެފް
ދޯންޏެއް އަޑިއަށް ދިއުން
ވ. އަތޮޅު ގިރިއަކަށް ދޯންޏެއް އަރައި އަޑިއަށް ހިނގެއްޖެ
 
ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީން

ވ. އަތޮޅު ގިރިއަކަށް 100 ފޫޓްގެ މުދާ އުފުލާ ދޯންޏެއް އަރައި އަޑިއަށް ހިނގެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:10 ހާއިރު އެވެ. އަދި ދޯނީގައި ތިބި މީހުން ސީ އެމްބިއުލޭންސަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

މުދަލާއެކު މާވާ ސްޓަރ އަޑިއަށް ދިޔައީ ވ. ފުލިދޫ ހުޅަނގުން 4.7 ނޯޓިކަލް މޭލް ދުރުގައި އޮތް ގިރިއަކަށް އަރައިގެންނެވެ.

އެ ސަރަހައްދުގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރި ވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
25%
0%
0%
75%
ކޮމެންޓް