ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 09:14
ރާއްޖޭގެ ރަށަކަށް އުދައަރާފައި
ރާއްޖޭގެ ރަށަކަށް އުދައަރާފައި
ރާއްޖެ އެމްވީ
ރާއްޖޭގެ މޫސުން
ގިނަ ރަށްތަކަކަށް މިއަދު ވެސް އުދަ އަރާނެ ކަމަށް ބެލެވޭ:މެޓް
 
މި ވިއްސާރައިގެން އަސަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރާނެ
 
މި ދުވަސްވަރު މޫސުން ގޯސްވެފައި ވަނީ ލޯ ޕްރެޝަރ ޓްރަފަކްގެ ސަބަބުން
 
އުދަ އެންމެ ބޮޑަށް އަރާނީ ހަވީރުން ފެށިގެން

ގިނަ ރަށްތަކަކަށް މިއަދު ވެސް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ދިޔަވަރު އެންމެ ބޮޑު ވާނީ ހަވީރު ކަމަށާއި އުތުރުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ބެލެވެނީ 5:00 ހާއިރު އެވެ. މެދު ރާއްޖޭގެ އަތޮޅުތަކަށް އުނދަރާނެ ކަމަށް ބެލެވެނީ ހަވީރު 05:30 ހާއިރު ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެން އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ރޭގަނޑު 07:00 ހާއިރު ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. 

ހޮނިހިރު ދުވަހު ވެސް ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރައި ގެއްލުންތައް ލިބިފައިވެ އެވެ. 

މިއަދު ވެސް ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށާއި އަދި އެހެން ހިސާބުތަކަށްވެސް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ބެލެވެ އެވެ. 

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާ ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް