ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 03:57
ހުޅުލެ ޕޯސްޓްގެ ބިންގާ އަޅަނީ
ހުޅުލެ ޕޯސްޓްގެ ބިންގާ އަޅަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅައިފި
 
ބިންގާ އެޅީ ހޮނިހިރު ދުވަހު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެމްއެންޑީއެފަށް އަލަށް ލިބިފައިވާ ބިމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ ހޮނިހިރު ދުވަހު އަޅައިފިއެވެ.

ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް