ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 03:54
ފައްޔާޒް އިސްމާއީލް ފަލަ ސުރުޚީ ޕްރޮގްރާމްގައި
ފައްޔާޒް އިސްމާއީލް ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
ޒުވާނުން ދީނާ ދުރުވުމަށް އޮތް ނުރައްކަލަކީ މިސަރުކާރު ހިމާޔަތް ކުރާ ދީނީ އިލްމުވެރިން: ފައްޔާޒް
 
އިސްލާމްދީނުގައި އޮތް އެންމެ އަސާސީ ކަންކަން ކޮންމެ ދުވަހަކު މުގުރާ ފުނޑުވަމުން އެދަނީ.
 
މިހާރު މިއޮތް ސަރުކާރު ކޮންމެފަހަރަކުވެސް ބަލިކަށިވެ ހުރިހާކަމެއް ގެއްލި ދިޔައިމާ ނަގަނީ ދީނީ ކާޑު
 
މިހާރު މިއޮތް ސަރުކާރު ކޮންމެފަހަރަކުވެސް ބަލިކަށިވެ ހުރިހާކަމެއް ގެއްލި ދިޔައިމާ ނަގަނީ ދީނީ ކާޑު
 
ޒަމާނުންސުރެ ދިވެހިރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ދަމަހައްޓަން ދީނުގެ ވާހަކަ ނަގާ

ދިވެހި ޒުވާނުން އިސްލާމް ދީނާ ދުރުވާނަމަ ދުރުވުމުގެ ނުރައްކަލަކީ ސަރުކާރު ހިމާޔަތް ކުރާ ބައެއް ދީނީ އިލްމުވެރިންގެ ޢަމަލްތައް ހުންނަ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިސަރުކާރުން ދީން ހަތިޔާރަކަށް ބޭނުން ކުރަނީ ގޮތް ހުސްވުމުން ކަމަށާއި ކިރިޔާވެސް އިދިކޮޅު ފަރާތްތަކާ ދޭތެރޭގައި ޝައްކެއް އުފައްދަން ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގައި ދައްކަނީ ދީނީ ވާހަކަ ކަމަށެވެ. ސަބަބަކީ ދީނޭ ބުނުމުން ދިވެހި އެންމެންވެސް މައިގަނޑު ގޮތެއްގައި އަހައްމިއްޔަތުކަން ދޭތީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޒަމާނުންސުރެ ދިވެހިރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ދަމަހައްޓަން ދީނުގެ ވާހަކަ ނަގާ ކަމަށާއި އެހެންނަމަވެސް އެމްޑީޕީއަކީ އެގޮތައް މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އެކަން އެގޮތައް ނުނެގުމުން ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެސް އެބަހުރިކަމަށާއި އެހެންނަމަވެސް އަދިވެސް އެމްޑީޕީގެ ސިޔާސަތަކީ އެއީ ނޫން ކަމަށް ޤަބޫލު ކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިހާރު މިއޮތް ސަރުކާރު ކޮންމެފަހަރަކުވެސް ބަލިކަށިވެ ހުރިހާކަމެއް ގެއްލި ދިޔައިމާ ނަގަނީ ދީނީ ކާޑު ކަމަށާއި ނަމަވެސް މިހާރު ދިވެހި ރައްޔިތުންނަށް އެކަމުގެ ޙަޤީގަތް އެނގޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭގައި ޒުވާނުން އިސްލާމް ދީނާ ދުރުވަނީ ބޭރު މީހުންގެ ސަބަބުން ނޫން ކަމަށާއި ސަރުކާރު ހިމާޔަތް ކުރާ ބައެއް ދީނީ އިލްމުވެރިންގެ ސަބަބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެއްކޮޅުން ނިކުމެ އިސްލާމް ދީނުގެ ޢަޤީދާއޭ، އިސްލާމްދީނުގެ ޑިފެންޑަރޭ މިޤައުމަށް އެހެން ދީނެއް އަޔަކަ ނުދޭނަމޭ ކިޔާ މިހުރިހާ ވާހަކައެއް ދައްކާއިރު އިސްލާމްދީނުގައި އޮތް އެންމެ އަސާސީ ކަންކަން ކޮންމެ ދުވަހަކު މުގުރާ ފުނޑުވަމުން އެދަނީ. މުޅި އިސްލާމްދީން ބިނާވެފައި އޮންނަނީ އަދްލު އިންސާފްގެ މައްޗަށް. ޚާއްޞަކޮށް ދިވެހި ޒުވާނުން އިސްލާމްދީނާ ދުރުވާން އޮތް އެންމެބޮޑު ނުރައްކަލަކީ ޔޫރަޕިއަން ޔޫނިއަންއަކާ އެމެރިކާއަކާ ވެޓިކަން ސިޓީއަކާއެއް ނޫނޭ. އަޅުގަނޑުމެންގެ ސަރުކާރާ، އެސަރުކާރަށް ވާގި ދީފައި ވާހަކަ ދައްކާ އިލްމުވެރިން. އަޅުގަނޑުމެން ޅަކުދިންނަށް ފެންނަނީ އިސްލާމް ދީނޭ ކިޔާފަ ނުކުމެ މިސަރުކާރު ދިފާއު ކުރާ މީހުން. އެކުދިންގެ ސިކުނޑީގައިވެސް ތެތްކަމެއް އެބަހުއްޓޭ. ފެންނަނީ އަނިޔާވެރިކަމާ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ، އަނެއްކާ އިސްލާމްދީނުގައި ނުކުރެވޭނެޔޭ ބުނާ ކަންކަން އެމީހުން އަމިއްލައަށް ކުރާ ކަންކަން" ފައްޔާޒް ވިދާޅުވިއެވެ.

އީޔޫއިން ރާއްޖެއިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އެމީހުންގެ ތެރޭގައި ގިނައީ އެއްވެސް ދީނެއް ޤަބޫލް ނުކުރާ މީހުން ކަމަށާއި އެމީހުންގެ އެފަދަ ހުށަހެޅުންތައް ހުންނާނީ އެޤައުމުތަކާވެސް ގުޅޭގޮތުން ކަމަށެވެ. ނަމަވެސް އެމީހުން ބުނާ ކޮންމެކަމަކީ ސައްތައިން ސައްތަ ދިވެހިރާއްޖެއިން އަޅާލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ނުކޮށްގެން ކުރެވޭނެ ކަމެއްވެސް ނޯންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
100%
0%
0%
0%
0%
ކޮމެންޓް