ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 22:33
ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި
ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި
ރާއްޖެ އެމްވީ
ތަކަންދޫ
ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ތާރީޚީ ކާނި ގަހުގައި ރޯކޮށްލައިފި
 
އަލިފާން ރޯކޮށްލި މައްސަލަ ފުލުހަށް ވަނީ ހުށައަޅާފައި
 
ރޯކޮށްލި ގަސް ކައުންސިލުން މިހާރު ވަނީ ވައްޓާލާފައި
 
ނިކަ ގަހަކީ ހެރިޓޭޖް ޑިޕާޓްމަންޓްގެ އާސާރީ ތަންތަނުގެ ލިސްޓްގައި ހިމެނޭ ގަހެއް

ހއ. ތަކަންދޫގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނި ގަހުގައި ބަޔަކު ރޯކޮށްލާއިފިއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް އަހުމަދު ނިޔާޒު ވިދާޅުވީ އެ ގަހުގައި ރޯކޮށްލާފައި ވަނީ އަސުރު ވަގުތު ކަމަށެވެ. ލަފާކުރެވޭ ގޮތުގައި އެ ގަހުގައި ރޯކޮށްލާފައި ވަނީ ބަޔަކު މީހުން ގަސްދުގައި ކަމަށާއި، އަލިފާން ރޯކުރުމުގެ ސަބަބުން ގަހަށް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އަލިތަކުރުފާން އިންދެވި ކަމަށް ބުނާ ކާނި ގަހަކީ ހެރިޓޭޖް ޑިޕާޓްމަންޓްގެ އާސާރީ ތަންތަނުގެ ލިސްޓްގައި ހިމެނޭ ގަހަކެވެ.

ތަކަންދޫ އަތިރިމަތީގައި ހުރި ގަހުގައި އަލިފާން ރޯކޮށްލީ ކޮން ބައެއްކަން ނޭނގޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަލިފާން ރޯވުމާ އެކު، އެރަށުގެ ރައްޔިތުން ނުކުމެ އަލިފާން ނިންވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ދިގުކޮށް ހެދި، ހިކިފައިވާ ގަހުގައި އަލިފާން ރޯވުމުން އެރަށުގެ ކައުންސިލުން ނިންމީ ގަސް ވައްޓާލުމަށެވެ.

އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި

"އަލިފާން ރޯވުމުގެ ސަބަބުން، އެ ގަހުގެ އެތެރޭގައި ވަނީ އަލިފާން ހިފާފަ. އަދި ގަހުގެ ބުޑުގައި ވަރަށް ގަދައަށް އަލިފާން ހިފައި އަނދާފައި ހުރުމުން، އެގަސް ބަހައްޓައިފި ނަމަ ވެއްޓި މީހަކަށް ގެއްލުމެއް ވެދާނެތީ ގަސް ވައްޓާލަން ނިންމީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ތަކަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިގައުމުގައި ބަޔަކު ރޯކޮށްލި ކަމަށް ތުހުމަތުކުރާ އިރު އެ ގަހުގައި އެމްޑީޕީގެ ދިދަ ދަނޑިއެއް ހުރެއެވެ. އަދި ތަންކޮޅެއް ކުރިން އެމްޑީޕީގެ ދިދަ ވެސް ނަގާފައި ހުއްޓެވެ.

ތާރީހް ދިރާސާކުރާ ބައެއް ފަރާތަކުން ބުނާ ގޮތުން އެ ގަހަކީ 400 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ. އަދި ފޯޗްގީޒުން އެރަށަށް ހަނގުރާމައަށް ދިޔައިރު ވެސް އެ ގަސް ހުންނާނެ ކަމަށް ބައެއް ފަރާތަކުން ލަފާކުރެއެވެ. ހއ. ތަކަންދޫއަކީ ދިވެހި ރާއްޖޭގެ ތާރީޙާ ގުޅިފައިވާ ރަށެކެވެ. އަލިތަކުރުފާން ޝަހީދުކޮށްލާފައި ވަނީ ތަކަންދޫގައެވެ. ތަކަންދޫގައި އަލިތަކުރުފާގެ ހަށިކޮޅު ފަސްދާނު ލެވިފައިވާ ޒިޔާރަތް މިހާރު ވެސް ހުރެއެވެ. ރޯކޮށްލި ކާނި ގަހަކީ އަލިތަކުރުފާން ޒިޔާރަތުގެ ހުޅަނގުން އަތިރިމަތީގައި ހުރި ގަހަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
20%
0%
60%
0%
0%
20%
ކޮމެންޓް
21 އޭޕްރިލް 2018 | ހޮނިހިރު 22:07
ާއަލިބެ
ދިވެހިންގެ ތަރިކަ ދިވެހިން ހުޅުޖަހަނީ!