ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 18:08
އުދަ އަރައި، ބިލެތްފަހީގެ އޮޑިހަރުގެތަކަށް ލޮނު ވަދެފައި: ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ އުދައަރަފައި
އުދަ އަރައި، ބިލެތްފަހީގެ އޮޑިހަރުގެތަކަށް ލޮނު ވަދެފައި: ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ އުދައަރަފައި
މުރުޝިދް އަބްދުލް ހަކީީމް
އުދައެރުން
ގިނަ ރަށްތަކަށް އުދައަރައި، ގެއްލުންތަކެއް ވެއްޖެ
 
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އަދިވެސް އުދަ އެރުން އެކަށީގެންވޭ
 
ތ. އަތޮޅުގެ ގިނަ ރަށްތަކަށް އުދައަރާފައިވޭ
 
ށ. ބިލެތްފެއްސަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައި

ރާއްޖޭގެ ގިނަ ރަށްތަކަށް އުދައަރައި މީހުން ދިރިއުޅޭ ގެތަކަށާއި ތަކެއްޗެށް ގެއްލުންތަކެއް ވެއްޖެއެވެ.

ތ. އަތޮޅު ކައުންސިލްގެ ރައީސް ރިލްވާން އަބްދުﷲ ރާއްޖެއެމްވީއަށް ވިދާޅުވީ އުދައިގެ އަސަރުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ތ. އަތޮޅު ގިނަ ރަށްތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ތިމަރަފުށި، ގުރައިދޫ، ކިނބިދޫ، ގާދިއްފުށި ވެސް ހިމެނޭއިރު އުދައިގެ އަސަރުކޮށް ބައެއް ރަށްރަށުގެ މީހުންގެ މުދަލައް ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ބިލެތްފަހި ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެރަށަށް ވެސް ފަހުގެ ތާރީހެއްގައި އުދައަރާފައިނުވާހާ ބޮޑުކޮން ހޮނިހިރު ދުވަހު ވަނީ އުދައަރާފައެވެ. އެ ރަށުގެ ބަނދަރާ ދިމާލުން އުދައަރައި ލޮނުގަނޑު އޮޑިހަރުގެތަކަށް ވަދެފައިވާއިރު ބަނދަރުގައި ބައެއް ތަކެއްޗަށް އެ ސަރައްދުގައި ހުރި ބައެއް އެއްޗިއްސަށް ގެއްލުންވެފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ގދ. ނަޑެއްލާ އަށް ވެސް އުދައަރައި މީހުން އުޅޭ ބައެއް ގެތަކާއި ހިސާބަށް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށް އެރަށުން ވަނީ މަޢުލޫމާތު ދީފައެވެ.

ހަމަ އެހެންމެ އދ. ފެންފުއްޓާއި، ރ. މަޑުއްވަރީ ވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށް އެރަށްތަކުން މައުލޫމާތުދެއެވެ.


ނަމަވެސް އުދައި އަރާފައިވަނީ ކިތައް ރަށަށް ކަމެއްސީދާ އަދި ނޭނގެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދިން ގޮތުގައި ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އަދިވެސް އުދައެރުމުގެ ފުރުސަތު އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
33%
67%
0%
0%
0%
ކޮމެންޓް