ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 14:35
މެމްބަރު މަހްލޫފް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއެކު
މެމްބަރު މަހްލޫފް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއެކު
މުހައްމަދު ޝަރުހާން
މެމްބަރު އަހުމަދު މަހްލޫފް
ޖަލުގައި މީހުން މަރާކަމަށް ވިދާޅުވުމުން މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފި، އަޑުއެހުން ހޯމަ ދުވަހު
 
މުޒާހަރާގައި މާސްކްތަކެއް ބެހި މައްސަލާގައިވެސް ވަނީ ދައުވާ ކޮށްފައި
 
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މާފުށީޖަލުކައިރި މުޒާހަރާ ކުރި މައްސަލާގައި
 
މި ދައުވާ ކޮށްފައިވަނީ ޖަލުގައި ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކޮށްފައިވާތީ

މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ އުފުލައި، އެދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ހިނގާފައި ނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެންނެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 10:00 އަށެވެ.

އެނގިފައިވާ ގޮތުގައި އެދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅޭ މައްސަލަ އެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދްމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ. 

 

މިމައްސަލާގައި މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އިތުރު މައްސަލަތަކެއްގެ ތަހުގީގުތަކެއް ކުރެވި ދައުވާތަކެއް ކުރެވިފައި ވެއެވެ.

މިވަގުތު ވެސް މަހްލޫފް ހުންނެވީ ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި މަހްލޫފު ގޭބަންދަށް ބަދަލު ކުރަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި ބަންދުގެ މަޖިލީހަށް ފަހު އެވެ. 

ބަންދުގެ މަޖިލީހަށް ފަހު މަހްލޫފުގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެފައި ވަނީ މަހްލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރި މުޒާހަރާ ކޮށްފައިވާ މައްސަލައިގައި ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާއާ ގުޅިގެން މަހްލޫފުގެ މައްޗަށް އެކަނި ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވާތީ ނާޒިމް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް