ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 13:06
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން
ރާއްޖެ އެމްވީ
ރިލްވާން ވަގަށް ނެގުން
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން މައްސަލައިގެ އަޑުއެހުމެއް މާދަމާ
 
ނޫރައްދީން ރަތް ކާރެއް ގެންގުޅުނު ކަމަށް ބުނީ އޭނާގެ ދެ ރައްޓެހިން
 
އެންމެ ފަހުން ބާއްވަން ތާވަލްކުރި ދެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ
 
ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 15:00 އަށް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާ ވެސް ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހުގެ 15:00 އަށް ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައިވާއިރު، އެންމެ ފަހުން މިމައްސަލާގައި ކޯޓުން ބާއްވަން ތާވަލް ކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެންމެ ފަހުން މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނީ މިދިއަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ހެކިން ހާޒިރު ނުކުރެވިގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ މައުލޫމާތު ދީފަ އެވެ.

ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުމައިދުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނައެވެ.

ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފައެވެ. 

މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ބައެއްގެ ހެކިބަސް މިހާރު ވަނީ ނަގާފައެވެ.

ރިލްވާން ވަގަށް ނެގި ކަމުގެ ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށް ބުނެ އޭނާއާއެކު ވިޔަފާރީގައި މަސައްކަތް ކުރި އޭނާގެ ދެ ރައްޓެއްސަކު މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ ހެކި ބަސް ދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް