ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 13:05
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު (ކ) ވާހަކަފުޅު ދައްވަނީ
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު (ކ) ވާހަކަފުޅު ދައްވަނީ
އެމްއެންޑީއެފް
ދިވެހި ސިފައިން
ފެބްރުއަރީ 1ގެ އަމުރު ތަންފީޒުނުކޮށް، ސިފައިން ދެއްކި ކިޔަމަންތެރިކަމަށް ޝުކުރު އަދާކޮށްފި
 
މިއަދަކީ ސިފައިންގެ 126 ވަނަ އަހަރީ ދުވަސް
 
ސިފައިންނަށް ތައުރީފުކޮށް، ވާހަކަފުޅު ދެއްކެވި

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒުނުކޮށް، ސިފައިން ދެއްކި ކިޔަމަންތެރިކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ޝުކުރު އަދާކުރައްވައިފި އެވެ.

އާދަމް ޝަރީފު އެހެން ވިދާޅުވީ ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 6:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ އެކެއްގައި ގެންނަން އުޅުނީ ބަޣާވާތެއް ކަމަށާއި އެ ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ސިފައިންގެ ބަދަހި ލަޝްކަރުގެ ފަރާތުން ފެނުނީ ޤައުމީ ރޫޙާއި ޖޯޝާއި ކިޔަމަންތެރިކަން ކަމަަށެވެ. އެކަމަށްޓަކައި ސިފައިންނަށް މިނިސްޓަރު ޝަރީފު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީން ފިޔަވާ އެހެން ދީނެއް ރާއްޖޭގައި ވުޖޫދުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން އިތުރު ކުރަން ޖެހިފައިވާ ކަމަށާއި، މާޒީން އިބުރަތް ހާސިލްކޮށް ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ސިފައިންނަށް ލިބިފައިވާ ހުނަރާއި ތަމްރީނާއި ވަޞީލަތްތަކުގެ ބޭނުން ކޮށްގެން މަސައްކަތް ކުރައްވަން ޖެހިފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހި ސިފައިން ވަނީ ދިވެހި ޤައުމަށްޓަކައި ލޭ އޮހޮރުވާލާފައި ކަމަށާއި، އެ ޤުރުބާނީތަކުގައި ޝަހީދުވެގެންދިޔަ ހިތްވަރުގަދަ ސިފައިންގެ ޒިކުރާ އާކުރަން ޖެހޭ ކަމަށާއި އަދި އެ ބޭފުޅުންގެ މަތިވެރި ޖިހާދު ދިވެހި ޤައުމުން އަބަދު ވެސް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ އަމުރު ކުރީ ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށެވެ. އަދި 12 މެމްބަރުން ގޮނޑީގެ ސައްހަކަން ކަށަވަރުކޮށް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ވެސް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ އަމުރަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
21 އޭޕްރިލް 2018 | ހޮނިހިރު 17:21
ފަސީ
ދިވެހި ބަހުގެ ގަވާއިދުގައި ކަމެއް ނުކުރުމަކީ ކިޔަމަންވުން ކަމުގައި މާނަ ކުރެވުނީ ކޮންދުވަހަކުބާ، އޮނަރަބްލް މިނިސްޓަރު