ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 13:02
ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ޒިޔަތު ޖަލަށް ގެންދަނީ
ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ޒިޔަތު ޖަލަށް ގެންދަނީ
މުހައްމަދު ފަޒީން
އެމްއެމްޕީއާރުސީގެ ހިޔާނާތް
އެމްއެމްޕީއާރުސީގެ މައްސަލަ: ޒިޔަތު ހިޔާނާތްތެރިވި ކަމަށް ބުނާ 8 ދައުވާއެއްގެ އަޑުއެހުން މާދަމާ
 
މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދަކަށް ދައުވާކުރި ފުރަތަމަ ފަހަރު
 
ޒިޔަތު މިހާރު ވެސް ގެންދަވަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން
 
30 ރަށެއްގެ މައްސަލައިގައި ވަކިވަކިން 30 ދައުވާ ޒިޔަތުގެ މައްޗަށް ކޮށްފައިވޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅޭ އަށް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އޭރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލާފައިވާ މި އަށް ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 10:00 އަށެވެ. މި އަށް ދައުވާއަކީ ވެސް ވަކިވަކި ގަޒިއްޔާތަކެއްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަތަކެކެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޒިޔާތުގެ މައްޗަށް 30 ދައުވާއެއް ކޮށްފައި ވެއެވެ، އެއީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި 55 ރަށުގެ ތެރެއިން 30 ރަށުގެ މައްސަލައިގަ އެވެ. ޒިޔާތުގެ މައްޗަށް އެ 30 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 30 ދައުވާއެއް އުފުލާފައެވެ. މިދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

މިއީ މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އަދީބުގެ މައްޗަށް 10 ދައުވާއެއް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.

އަދީބާއި ޒިޔާތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް