ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 09:53
ދެކުނުގެ ސަރަހައްދަށް މޫސުމް ގޯސްކަން ދައްކުވައިދޭ ސެޓްލައިޓްގެ މަންޒަރެއް
ދެކުނުގެ ސަރަހައްދަށް މޫސުމް ގޯސްކަން ދައްކުވައިދޭ ސެޓްލައިޓްގެ މަންޒަރެއް
މުހައްމަދު ޝަރުހާން
މޫސުމް ގޯސްވުން
ޔެލޯ އެލާޓުން ވައިޓް އެލާޓަށް ބަދަލުކޮށްފި
 
ކޮޅިގަނޑުގައި 45 މޭލަށް ވައި ބާރުވާނެ

ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެތީ ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ހެނދުނު 6:30 އިން ފެށިގެން 11:30 އަށް ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ  ހަމައަށެވެ. ނަމަވެސް ރޭ މެންދަމުން 2:30 އިން ފެށިގެން ހެނދުނު 6:00 އަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކޮޅިގަނޑުގައި 45 މޭލަށް ވައި ބާރުވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

މި ދުވަސްވަރު ދެކުނުގެ ސަރުހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް