ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 09:09
ޝަމާއު ޝަރީފު: އޭނާ ވިދާޅުވީ ޒަމާންވީ ގަސްތައް ކަނޑާފައިވާ ކަމަށް
ޝަމާއު ޝަރީފު: އޭނާ ވިދާޅުވީ ޒަމާންވީ ގަސްތައް ކަނޑާފައިވާ ކަމަށް
ރާއްޖެ އެމްވީ
މާލެ ސިޓީ ކައުންސިލް
މާލޭގައި ހުރި 300 އަށް ވުރެ ގިނަ ގަސް ސަރުކާރުން ކަނޑާލައިފި: މާލޭ ސިޓީ ކައުންސިލް
 
މާލޭގެ ކުނީގެ މައްސަލަ ހައްލެއް ނުވޭ: ޝިފާ
 
އެކަން ކުރަނީ އެއްވެސް ޕްލޭނެއް ނެތި
 
ގިނަ ދުވަސްވީ ބިޔަ ގަސްތައް ވެސް ވަނީ ކަނޑާފައި

މާލޭގައި ހުރި 300 އަށް ވުރެ ގިނަ ގަސް ސަރުކާރުން ކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުން ހުކުރު ދުވަހުގެ ރޭ "ރާއްޖެޓީވީ"ގައި ވާހަކަފުޅު މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާލެއިން ކަނޑާލި ގަސްތަކުގެ ތެރޭގައި ގިނަ އަހަރުތަކެއް ވެފައިވާ ބިޔަ ގަސްތައް ހިމެނޭ ކަމަށެވެ. ބޮޑު ތަކުރުފާނު މަގުގެ އިތުރުން، ބަންޑާރަ މިސްކިތާއި ޞަލާހުއްދީން މިސްކިތުގައި ހުރި ގަސްތަކާއެކު، އެހެންް ސަރަހައްދުތަކުން ވެސް ގަސްތައް ކަނޑަމުންދާ ކަމަށް ކަމަށް ޝަމާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން 300 އަށް ވުރެ ގިނަ ގަސް ކަނޑައިފި. މިފަހުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި. އޭގެ ތެރޭގައި ބޭރު މަގަކުން އެކަންޏެއް ވެސް ނޫން. ބަންޑާރަ މިސްކިތް. ސޯލާހުއްދީން މިސްކިތް. އެކަހަލަ ބޮޑެތި މިސްކިތްތަކުގައި ހުރި ބޮޑެތި ޒަމާންވީ ގަސްތައް ކަނޑައިފި،" ޝަމާއު ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒަމާނާ އެއްގޮތަށް ލިބުނު ކުރިއެރުންތަކާއެކު ތިމާވެއްޓަށް ނުބަލައި ގަސްތައް ކަނޑާލި ގައުމުތަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި މާލެއިން ގަސް ކެނޑުމަކީ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ވައި ލިބުމަށް ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށެވެ.

ޝަމާއު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ޕްލޭނެއް ނެތި އެފަދަ މަސައްކަތުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނަންޖެހެ އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ހިޔާލައި ނުލައި، ސަރުކާރުން  ބޮޑެތި ނިންމުންތައް ނިންމަމުންދާ ކަމަށެވެ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލްތައް ކަމަށާއި ނަމަވެސް އެ ކުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ގާނޫނުން، ރައްޔިތުންނާ ބީރައްޓެހި ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅެމުންދާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މާލޭގެ ކުނީގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކުންފުންޏެއް ހަދައިގެން މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ކުންފުނިތައް ކުއްލިއަކަށް އުވާލައި، އަދި ކުންފުނިތަކުގެ ބާރު އެހެން ކުންފުނިތަކަށް ދެމުން ގެންދާ ގޮތަށް ކުނި މެނޭޖުކުރަން އުޅެފިނަމަ، އެކަން ނުކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލޭގައި ހުރި ބިޔަ ގަސްތައް ކަނޑަމުންދާއިރު، މަޖީދީ މަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލީ މާސްކް އަޅައިގެން ތިބި ބަޔަކު ދަންވަރު ނުކުމެ އެވެ. އެއީ މި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބަޔަކު އަޑީގައި ތިބެގެން ފުލުހުން ލައްވައި ކުރިވި ކަމެއް ކަމަށް ތުހްމަތުކުރެ އެވެ. އެކަމަށް ސަރުކާރުން، ވެސް ފުލުހުން ވެސް ރައްދެއް ދީފައެއް ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް