ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 20:49
މީރާގެ ބައެއް މުއައްޒަފުންނާއި އަދި ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގެ ވެރިން
މީރާގެ ބައެއް މުއައްޒަފުންނާއި އަދި ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގެ ވެރިން
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާ
މީރާގެ މުވައްޒަފުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި
މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އިޖުތިމާއީ ޒިންމާގެ ހަރަކާތެއް

ކެއަރ ސޮސައިޓީގެ ފަރާތުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާ ހަދަން ބޭނުންވާ 52,000 ރުފިޔާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ.
މީރާއިން ބުނީ މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކުވެސް ހިންގާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށެވެ. ބުރާސްފަތި ދުވަހު ހަވީރު މީރާގައި ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފައިސާ ހަވާލުކޮށްފައިވާއިރު، މީރާގެ މުވައްޒަފުން ވަނީ ކެއަރ ސޮސައިޓީގެ ކުދިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް އެ ކުދިންނާ ގުޅުން ބަދަހިކޮށްފައެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ އެތައް ހަރަކާތްތަކެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.
ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމްގެ ވާހަކަފުޅުގައި، މިފަދަ އެހީތަކަކީ ކެއަރ ސޮސައިޓީއަށާއި ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއް ކަމަށް ވިދާޅުވިއެވެ.
އަދި މީރާގެ މުވައްޒަފުން މި ދެއްވި އެހީއަކީ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމު ކަމެއް ހާސިލްކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެމި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމާއި ކެއަރ ސޮސައިޓީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 16:25
Hasa
Hurihaa enmen athun felaa laari onaane ennu dho