ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 19:31
މި މުބާރާތުގެ މެޗެއްގެ ތެރެއިން
މި މުބާރާތުގެ މެޗެއްގެ ތެރެއިން
އަހްމަދު ސާއިފް ޝިޔާދް
ޓޭބަލް ޓެނިސް
ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ މުބާރާތް ފަށައިފި
މި މުބާރާތުގައި ތިން ކެޓަގަރީއެއް އެކުލެވިގެންވޭ
މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމަކުން ބައިވެރިވޭ

ދެކުނު އޭޝިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ފަށައިފިއެވެ. މިއީ މި ސަރަހައްދުގައި ބޭއްވޭ ޓޭބަލް ޓެނިސްގެ އެންމެ ވާދަވެރި މުބާރާތަށްވާއިރު މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމަކުން ބައިވެރިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ރާއްޖެއެވެ.

މި މުބާރާތުގެ ޖޫނިއާރ ކެޓަގަރީގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާއިރު، ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައި ހޯޕްސް ކެޓަގަރީ ކުރިޔަށްދާއިރު އެ ކެޓަގަރީގައި ވާދަކުރާނީ އުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ރާއްޖޭގެ ކުޅުންތެރިން ބައިވެރިވާއިރު މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ކުޅުންތެރިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ މުބާރާތުގެ މެޗުތައް ކުރިޔަށްދަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި ދިވެހި ޓީމުގެ ފަރާތުންވެސް ފެންނަމުންދަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ޓީޓީ ޓީމު މި މުބާރާތުގައި ކުޅޭތީ ކުޅި ބަލަން ވަންނަ މީހުންގެ އަދަދުވެސް އިތުރު ކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އާދިއްތަ ދުވަހު ކުރިޔަށްދާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

- ކޮމެންޓް
21 އޭޕްރިލް 2018 | ހޮނިހިރު 09:02
ދަންބަރު
ރާއްޖޭގެ ކުޅޭވަރުގެ ތެރެއިން ކުޅިވަރާބެހޭ ވުޒާރާތަކުނެ އެންމެ ބޮޑަށް އިހުމާލުވެފައިވާ އެއްކުޅިވަރެ ޓީޓީ އަކީ، މިފަހަރުގެ ރާއްޖޭގައި މިބާއްވާ މުބާރާތަށް ތައްޔާރުވުމުގެ ތެރެއިން ވަނީ ވަރަށް ގިނަ ކުޅުން ތެރިންނަށް އަނިޔާވެފައި، ސަބަބަކީ ކުޅޭނެ ތަނެއް މިދިއަހަރުގެ އޮކްޓޯބަރު މަހު ހަމަޖެހޭނޭ ކިޔާފަ މިއަދާ ހަމައެއްވެސް ރަގަނޅު ތަނެއް ހަމަޖެހިފައި ނެތުން، ކުރިން ހުރި ރަގަޅަށް ހެދިފައިވާ ތަންވަނީ ޖީބު ބަރުކާ ހޮޓަލެއް އެޅުމަށް ދެވިފައި، މިކުޅިވަރު ކުޅޭ ދެމިނިސްޓަރުންގެ ދަރިން ތިބެމެ، ވާކަމެއްހަމަ ހަރާން...، އަދި ސްޕޯރޓްސް ކޮމިޝަނުގެ އަދި އެން.އޯ.ސީވެސް އޮންނަނީ ކުޅިވަރު ކުރިއަރުވާކަށް ނޫން، ހަމަ ސަރުކާރު ބުނާހާ ގޮތެއް ހަދައިނގެން ތިބެނީ. މިފަހަރު މީ ރަގަޅު ފިލާވަޅެއް، އެއްވެސް މީހަކު މިވާހަކައެއް ނުދައްކާނެ، ދައްވީމާ ހަމަ ދައްކާނީ ދައްވިވާހަކަ، ދެވުނު އަދި ކުރެވުނު ކަމެއްގެ ހަދާން ނުހުންނާނެ، ބުނާނީ ނިނިސްޓްރީން ވަރަށް ހަރަދު ކުރިއޭ،،، ވަރަށް ސަލާން