ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 18:30
ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނާސިރު އެމްޑީޕީއަށް ސޮއިކުރައްވަނީ
ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނާސިރު އެމްޑީޕީއަށް ސޮއިކުރައްވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ހަރަކާތްތައް
ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފި
އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނަސީރަކީ މީގެ ކުރިން މިނިވަން މެމްބަރެއް

ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނާސިރު އެމްޑީޕީއަށް ސޮއިކުރައްވާއިފިއެވެ.

މީދޫ ދައިރާގެ އަތޮޅު ކައުންސިލްގެ މަގާމަށް އަމިއްލަ ގޮތުން އިންތިހާބުވި އިބްރާހިމް ނާސިރު އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ ހުކުރު ދުވަހު ހަވީރު މީދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައެވެ. ނާސިރު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ފޯމް ހަވާލުކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒްއަށެވެ.

އެމްޑިޕީން ވަނީ ނާސިރުއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ނާސިރު ގުޅުމުން ކުރިއަށް އޮތް ދުވަސްތަކުގައި އެޕާޓީގެ ހަރަކާތްތައް ދ އަތޮޅުގައި ކުރިޔަށްވުރެ ވަރުގަދަ އަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ބުންޏެއެވެ. އަދި އެ ބަދަލު އިންތިހާބް ތަކުން ފެނިގެންދާނެ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ނާސިރު ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒު ފަހުމީ ވަނީ ބައިވެރިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
21 އޭޕްރިލް 2018 | ހޮނިހިރު 11:49
Mode
Handhaan kuraathi. Aharumenna olhuvailaigen hovunyma MDP ahthi soi kuree. Dhen hoveytho balaanamey aharumen