ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 17:56
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެ: މެޓް އޮފީސް
ކަނޑު ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދު ރާއްޖެތެރޭއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުފިއެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްތަކަށް، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރި ނަމަވެސް، ކަނޑު ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެއެވެ. އާންމުކޮށް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް