ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 07:32
މަރުވެފައި އޮއްވާ ފެނުނު ލޯންޗުގެ ކެޕްޓަން
މަރުވެފައި އޮއްވާ ފެނުނު ލޯންޗުގެ ކެޕްޓަން
ރާއްޖެ އެމްވީ
ލޯންޗު އެކްސިޑެންޓް
ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
 
މި ހާދިސާގައި ބިދޭސީއަކު ވެސް މަރުވެފައިވޭ
 
ހަށިގަނޑު ފެނުނުތަކުން ލޯންޗުގެ ހުންގާނު ވެސް ފެނުނު
 
އޭނާ ފެނުނީ 45 މީޓަރު އަޑިން

މާލެއަތޮޅު ގުޅި ކައިރީން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލިގެން ހޯދަމުންދާ ލޯންޗުގެ ކެޕްޓަން ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި އެ އެކްސިޑެންޓުގައި ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ދ. ކުޑަހުވަދޫ، ކިސްވާ، މުޙައްމަދު އަޙުމަދު، 37، އެވެ. 

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އަހުމަދުގެ ހަށިގަނޑު ފެނުނީ 45 މީޓަރު އަޑިން ކަަމަށެވެ. އޭނާ ފެނުނީ ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ލޯންޗުގެ ހުންގާނު ވެސް ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

 

ލޯންޗް އެކްސިޑެންޓްވި ސަރަހައްދު

 

އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކެޕްޓަންކަން ކުރަމުންދިޔަ އަހުމަދުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ހުކުރު ދުވަހު ހެނދުނުއެވެ.

ކ. އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ބިދޭސީއަކަށް ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އެކްސިޑެންޓުގައި އަށް މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
2%
96%
0%
1%
1%
ކޮމެންޓް