ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 09:04
މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
ރާއްޖެ އެމްވީ
ފަލަސުރުހީ
ފުލުހުންގެ ގާނޫނުގައި ސަރުކާރު ދިފާއު ކުރުމެއް ނެތް: މާރިޔާ
ރާއްޖޭގައި ގާނޫނު އަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ދަނީ ހިންގަމުން
ފުލުހުންގެ ގާނޫނުގެ މަގްސަދަކީ މުޖުތައުމުގެ އާންމު މަސްލަހަތާއި އަމަން އާންމު ބެލެހެއްޓުން

ފުލުހުންގެ ގާނޫނު ވެސް އަދި ގާނޫނު އަސާސީގައި ވެސް ފުލުހުންގެ ދައުރުގެ ގޮތުގައި ސަރުކާރު ދިފާއު ކުރުން ހިމަނާފައިނުވާ ކަމަށާއި ފުލުހުންގެ ގާނޫނުގެ މަގްސަދަކީ މުޖުތައުމުގެ އާންމު މަސްލަހަތާއި އަމަން އާންމު ބެލެހެއްޓުން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ފުލުހުންގެ ގާނޫނުގައި ފުލުހުންގެ މަގްސަދު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ އިރު ފަރުދުންގެ މުދަލާއި ގޯތި ގެދޮރު ރައްކާތެރިކުރުމުގައި އެހީތެރިވުމާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތް ކުރުން ބަޔާންކޮށްފައިވެއެވެ.

"ރާއްޖޭގެ ސަރަހައްދުގެ އެއްގަމާއި ވަޔާއި ކަނޑުގައި އަދި ދިވެހިރާއްޖޭގެ ބޭރުގައި ދިވެހިން ކުރާ ޖިނާއީ ކުށުގެ އަމަލުތައް ހުއްޓުވައި އެ އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުން ފުލުހުންގެ ގާނޫނުގެ މަގްސަދުގައި ހިމެނޭ. ފުލުހުންގެ ގާނޫނުގެ މަގްސަދުގެ ތެރޭގައި ގިނަ ނުކުތާތަކެއް ހުރި އިރު އެއްވެސް ނުކުތާއެއްގައި ސަރުކާރު ހިމެނިފައެއް ނެތް،" މާރިޔާ ވިދާޅުވިއެވެ.

 މާރިޔާ ވިދާޅުވީ، ކޮންމެ ގާނޫނެއް ވެސް މިހަދަނީ ވަކި ބަޔަކު، ވަކި ކަންތައްތަކެއް ކުރުމުގެ މަގްސަދުގައި ކަމަށާއި ގާނޫނުގައި ހުއްދަ ނުކުރާ ކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް މިއަދު ހިނގާއިރު ފެނިގެންދަނީ ސިފައިން، އެބޭފުޅުން ބެލަހައްޓަންޖެހޭ އިދާރާތަކަށް ފުރާޅު މަތިން ގަދަކަމުން ވަދެ، އެބޭފުޅުން ބަލަހައްޓަންޖެހޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހައްޔަރުކުރަމުންދާ މަންޒަރު ކަމަށެވެ.

"އެހެންވީމާ ފުރަތަމައިނުން ވެސް ހައްޔަރު ކުރެވެނު ގޮތް ވެސް ގޯސް. ދެން ވެސް ތިބެވޭނީ ގޯސްކޮށް. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ދިއަޔަސް ދެތެއް ނުވާނެ އުސޫލުން ފެބްރުއަރީ 01 ވަނަ ދުވަހުގެ އަމުރަށް ފަހު ގައުމުގައި ކަންތައްތައް ވެސް ވަނީ އެ އުސޫލުން،" މާރިޔާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް