ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 08:59
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
މިހާރު
ހަރުގެ ޖަލްސާ
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގާނޫނީ ހުކޫމަތު ތަންފީޒު ކުރައްވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރައްވާ: ޝިފާޒު
ގާނޫނު ނަގަހައްޓާ ނަމަ ފެބްރުއަރީ 01 ގެ އަމުރު ތަންފީޒު ކުރަންޖެހޭ
މި ސަރުކާރުން ގާނޫނުތައް ދަނީ މުގުރަމުން
ދިވެހި ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރި ވެރިކަމެއް ދަނީ ކުރަމުން

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގާނޫނީ ހުކޫމަތު ތަންފީޒު ކުރައްވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، މި ސަރުކާރުން ގާނޫނުތައް މުގުރާ، ގާނޫނުތައް އެއްފަރާތްކޮށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރި ވެރިކަމެއް ކުރަމުންދާ ކަމަށެވެ.

 ޝިފާޒު ވިދާޅުވީ، ދިވެހި ފުލުހުންގެ މަސްއޫލިއްޔަތައް ވާންވާނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ދިނުން ކަމަށެވެ.

"އެތައް ރައްޔިތުންނަކަށް އެތައް އަނިޔާއެއްދެމުންދަނީ. އެހެން ނަމަވެސް އެއްވެސް ރައްޔިތެއް ގަބޫލެއް ނުކުރޭ، މި މީހުން ހައްޔަރުކޮށްފައި ވަނީ އިންސާފައި ހަމައިން ކަމަށް. ގާނޫނީ ހުކޫމަތު ނަގަހައްޓަން ދިވެހި ފުލުހުންނަށް ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ކަމުގައި ވަނީ ނަމަ 01 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރައްވާ،" ޝިފާޒު ވިދާޅުވިއެވެ.

 ޝިފާޒު ވިދާޅުވީ، ގާނޫނު ނަގަހައްޓާ ތަންފީޒު ކުރައްވާ ބޭފުޅެއް ނަމަ އެކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވަންޖެހޭ ކަމަށާއި ގާނޫނާ ހިލާފަށް ކުރައްވާ ކަންކަން ފާހަގަކޮށް އެވާހަކަތައް ދެއްކުމުގައި އަބަދުވެސް ތިބޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އިންސާފު ގާއިމް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 04:00
މަލީކު
Aharen qabool kuran . So you can't say all..