ކ އަތޮޅު ގުޅީ ބޭރުން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ކ. އަތޮޅު ގުޅީގެ ހުނޅަގު ބޭރުން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓްވެފައި ވަނީ އިތާފުށި ރިސޯޓަށް ނިސްބަތްވާ ދެ ލޯންޗް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ދިވެއްސަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާލިބިފައިވެއެވެ. ފަރުވާ ދިނުމަށް ދެ މީހަކު މިހާރު ވެސް މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ތަފްސީލް އަންނަނީ...