ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 13:11
ހައި ކޯޓަށް މީހަކު ވަންނަނީ
ހައި ކޯޓަށް މީހަކު ވަންނަނީ
މުރުޝިދް އަބްދުލް ހަކީީމް
ހުޅުމާލެ
ހުޅުމާލެއިން އަތުލި ބިން ވިލާއަށް އަނބުރާ ދޭން ކުރި ހުކުމް ބާތިލު: ހައި ކޯޓުން
ބިން އަތުލީ 25 އަހަރަށް ދީފައި ވަނިކޮށް
ބިން އަތުލީ އެއްބަސްވުމާ ހިލާފުވުމުން: އެޗްޑީސީ
އެއްބަސްވުން ބާތިލު ކުރީ 2015ގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހުޅުމާލެއިން ދޫކުރި ބިމެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި އެ ބިން އަނބުރާ އެ ކުންފުންޏަށް ދިނުމަށް ހުޅުމާލެ ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ސިނާއީ ބޭނުމަކަށް ވިލާ ހަކަތައަށް 25 އަހަރުގެ މުއްދަތަކަށް ހުޅުމާލެއިން ބިމެއް ދޫކުރީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުއެވެ. އެއްބަސްވުމާ ޚިލާފަށް އެ ބިން ބޭނުން ކުރަމުންދާ ކަމަށް ބުނެ، އެ ބިން ދައުލަތަށް ނެގީ 2015 ވަނަ އަހަރުއެވެ.

އެ މައްސަލާގައި އެޗްޑީސީއާ ދެކޮޅަށް ވިލާއިން ހުޅުމާލޭ ކޯޓުގައި ދައުވާ ކުރުމުން، އެޗްޑީސީގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށާއި އަތުލި ބިން އަނބުރާ ވިލާއަށް ދިނުމަށެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން ވިލާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވާ ކަމަށް ހުޅުމާލެ ކޯޓުން ހުކުމްކޮށްފައިވެއެވެ.

ހުޅުމާލޭ ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ވިލާއަށް ހުޅުމާލެއިން ބިން ދޫކުރީ އާދަޔާ ޚިލާފަށް އަޑު ގަދަ، ވަސްދުވާ ނުވަތަ ކުނޑި އަރާ ޒާތުގެ މަސައްކަތެއް ކުރުމަށް ކަމަށާއި ނަމަވެސް އެ ބިން ބޭނުން ކުރަމުންދަނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން އެ ބިން ވިލާއިން ބޭނުން ކުރަމުން ދިޔައީ ގޭހާއި ހިލަ އާއި ހިލަވެލި ގުދަން ކުރުމަށް ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.

އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު، ވިލާއާ ދެކޮޅަށް އެ މައްސަލަ ނިންމާފައި ވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް