ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 17:15
ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު
ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު
ޕޮލިސް
ފުލުހުން
ކޮންމެ ފުލުހަކީ ރިފާޢު ފަދަ ފުލުހަކަށް ވުމަށް އެކްޓިންގ ކޮމިޝަނަރ ނަވާޒު ގޮވާލައްވައިފި
 
ރިފާޢުގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއް

ކޮންމެ ފުލުހަކީ ވެސް ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ގޮވާލައިފިއެވެ.

ނަވާޒް މިހެން ގޮވަލެއްވީ، ޓްރެފިކް ބާރު ބޮޑު ކަމުން ހެންވޭރު ބޯޅަ ދަނޑު ކައިރީގައި އޮތް ޓެކްސީއެއްގައި އޮތް ހާލު ބޮޑު ކުޑަ ކުއްޖަކު ކޮނޑަށް ލައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިން ލާންސް ކޯޕަރަލް މުހައްމަދު ރިފާއުގެ އަގުވަޒަންކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ރިފާއުއަށް ތައުރީފުކުރަމުން ގޮސްފައި ވަނީ ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކުޑަކުއްޖާގެ މަންމަ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އެފުލުސް މީހާ ހޯދުމަށް އެހީތެރިކަމަށް އެދުމާ އެކުއެވެ. އެއާއެކު އޭނާއަކީ ކާކުކަން ބައެއް މީހުން ވަނީ ފޮޓޯއާ އެކު ފޭސްބުކާއި ޓްވިޓާގައި ހާމަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ނަވާޒް ވަނީ ރިފާޢުގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވައި، ރިފާޢުއަށް ހިތްވަރުދެއްވައި އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފަސްނުޖެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން އަބަދު ވެސް ދެމިތިބޭނެކަން ރިފާޢު ސާބިތުކޮށްދީފައިވާ ކަމަށާއި ކޮންމެ ފުލުހަކީ ވެސް ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް ހުރިހާ ފުލުހުންނަށް އެކްޓިންގ ކޮމިޝަނަރ ގޮވާލެއްވިއެވެ.

ހަމައެއާއެކު އެހީއެއް ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޔުނީފޯމްގައި އަދާކޮށްލާ ޑިއުޓީއެއް ނޫންކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތަކީ އެ އަށް ވުރެ މަތިވެރި ޚިދުމަތެއްކަން ރިފާޢު ސާބިތުކޮށްދީފައި ވާކަމަށް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރިފާޢު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވަައި، އޭނާ އަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވާފައިވެއެވެ.

އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި އެމީހުން ތިބި ޓެކްސީ ހެންވޭރު ބޯޅަ ދަނޑު ކައިރީގައި ޓްރެފިކާ ހެދި ނުދެވިފައި އޮއްވާ އެ ކުއްޖާއަށް ސީޒަ އެޓޭކް ޖެހެން ފެށުމުން ރޮއެ އާދޭސް ކުރަމުން ދިޔައެވެ. އަދި އެ ފުލުސް މީހާގެ އެހީ ލިބުނީ އޭނާ ކާރު ކައިރިން ދަނިކޮށް އެދުމުން ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ. އެއްވެސް ޖެހިލުމެއް ނެތި އެ ފުލުސް މީހާގެ ކޮނޑުމަތީގައި އެ ކުއްޖާ އޭޑީކޭގެ އެމަޖެންސީއާ ހަމައަށް ދުވެފައި ގެންގޮސްދިން ކަމަށާއި އެ ކޮށް ދިން ހެޔޮ ކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
60%
0%
10%
20%
10%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 15:44
ބޭބެ
މަރުޙަބާ ރިފާޢު