ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 15:36
ބަންދުގެ ޝަރީއަތަށް އެސްއޯ ފުލުހުން ހާޒިރު ކުރަނީ
ބަންދުގެ ޝަރީއަތަށް އެސްއޯ ފުލުހުން ހާޒިރު ކުރަނީ
ޓްވިޓަރ
އެސްއޯ ފުލުހުން
އެސްއޯ ފުލުހުންގެ ބޯ ކޮށާލީ އޮންނަ އުސޫލުގެ ދަށުން: ކަރެކްޝަންސް
 
ނުރުހުމުގައި ބޯ ބޭލުމަކީ ގާނޫނީ ކުށެއް: ވަކީލުން
 
އެ މައްސަލަ ފުލުހުންނަށާއި އެޗްއާރްސީއެމަށް ހުށަހަޅާފައިވޭ
 
އެ އުސޫލެއް ކަރެކްޝަނަކުން ބުނެފައެއް ނުވޭ

ހައްޔަރުކޮށްފައި ތިބި އެސްއޯ ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލީ އޮންނަ އުސޫލުގެ ދަށުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގްމާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ އެސްއޯ އަށް ފުލުހެއްގެ ބޯ ކޮށާލީ، ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ކުރަން އެ ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ އުސޫލެއް އޭނާ ވިދާޅެއް ނުވެއެވެ.

ހައްޔަރުކޮށްފައި ތިބި ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލާފައި ވަނީ އެންޓި ޓޯޗާގެ ގާނޫނާއި ގާނޫނުލް އުގޫބާތާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށާއި އެޗްއާރްސީއެމަށް އަންގާރަ ދުވަހު ވަނީ ހުށަހަޅާފައެވެ.

އެސްއޯ ފުލުހުންގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ރުހުމަކާ ނުލައި، އެ މީހުންގެ ބޯ ބޭލުމަކީ ޓޯޗާގެ އަމަލުގެ ތެރެއިން ނަފްސާނީ އަނިޔާއެއް ކަމަށް އެންޓި ޓޯޗާގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ވަކީލުން ވިދާޅުވީ ޝަރުއީ ނަޒަރަކުން ވިސްނާއިރު، އިސްތަށްޓަކި އިސްލާމް ދީނުގައި ދިޔަ ދިނުން ލާޒިމުވާ އެއްޗެކެވެ. އެގޮތުން ރުހުމަކާ ނުލައި އިސްތަށި ކޮށުމަކީ އަތް ބުރިކޮށްލުން ކަހަލަ ކަމެއް ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

އެސްއޯ ފުލުހުން ނުރުހުމުގައި އެ މީހުން ބޯ ކޮށާލިކަން އެނގުނީ މިދިޔަ ހޯމަ ދުވަހު އެ ފުލުހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ބޯކޮށައިލި އެސްއޯ ފުލުހުންގެ ބަންދުގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ބޯކޮށައިލި މައްސަލަ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ވެސް ވަކީލުން ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ފަނޑިޔާރު އެކަމަށް ރިއާޔަތްނުކުރައްވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތަށް މިދިޔަ ހޯމަ ދުވަހު ނުވަ ދުވަސް ޖަހާފައިވާ އިރު އެ މީހުން މިހާރު ތިބީ މާފުށީ ޖަލުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
27%
0%
64%
0%
9%
ކޮމެންޓް