ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 10:51
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް
އެމްއެންޑީއެފް
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޮސް ޝިޔާމު ރާއްޖެ ވަޑައިގަންނަވައިފި
 
ޝިޔާމު ވަޑައިގެންނެވީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" އަށް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންގާރަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސް އަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް، މެލޭޝިއާއަށް ކުރެއްވި މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 16 އިން 18 އަށެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
33%
0%
0%
0%
0%
67%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 06:42
Sgtbeerubol
Minoony nuulheyne ehen meehun kairi gavaidha ulheshey kiaafa angafa gavaidhaai khilaafah ulhey meeheh