ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 11:40
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތި
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތި
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް
 
ކަނޑު ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުނި

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބުދަ ދުވަހު ހެނދުނު ށ އަތޮޅާއި އ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މެންދުރު ފަހު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ ކ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ވިއްސާރަ ކުރާއިރު، ދިވެހިން އާންމުކޮށް ގޮސް އުޅޭ ދެގައުމު ކަމަށްވާ އިންޑިއާއި ސްރީލަންކާއަށް ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
0%
0%
0%
0%
0%
100%
ކޮމެންޓް