ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 09:35
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
ތިމަރަފުށީ މުސްތަފާ
ހުރިހާ އެއްޗެއް ފޭރިގަތަސް އަޅުގަނޑުގެ ދަރިންނާއި ނަފްސު ފޭރިނުގަނެވޭނެ: މުސްތަފާ
 
ކާރު ފުލުހުން ނަގަން އުޅުމުން މިހާރު ވަނީ ގެންގޮސްފައި
 
ކާރު އޮތީ މަޖިލިސް ޕާކިން ޒޯނުގައި، މުސްތަފާ ވިދާޅުވަނީ އޭނާއަކީ އަދިވެސް މެމްބަރެއްކަމަށް
 
މުސްތަފާގެ ކާރު ނަގަން އުޅޭކަން އެންގުމުން ހިތްހަމަނުޖެހުން ފާޅުކުރެއްވި

ހުރިހާ އެއްޗެއް ފޭރިގަތަސް ދަރިންނާއި ނަފްސު ފޭރި ނުގަނެވޭނެކަން ރައީސް އަބްދުﷲ ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އަންގާރަ ދުވަހުގެރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕާކިން ޒޯންގައި އޮތް އޭނާގެ ކާރު އެތަނުން ނެގުމަށް ޓްރެފިކް ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީއިން އަންގާފައިވާ ކަމަށާއި، އެތަނަކީ އިކޮނޮމިކް މިނިސްޓްރީއާއި ބެހޭ ތަނެއް ނޫން ކަމަށެވެ. ޓްވިޓަރގައިވެސް މިވާހަކަތައް މުސްތަފާ ހިއްސާކުރައްވާފައިވާއިރު، މުސްތަފާ އިތުރަށް ވިދާޅުވީ އެކާރު އޮތީ މަޖިލީހުގެ ޕާކިން ޒޯންގައިކަމަށާއި، އޭނާއަކީ އަދިވެސް ތިމަރަފުށީ ދާއިރާގެ މެމްބަރުކަމަށެވެ.

މުސްތަފާ އަކީ ޕީޕީއެމްއިން ވަކިވެވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެމްބަރެކެވެ. އެހެން ނަމަވެސް ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ އަމުރެއް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާކިން ޒޯނުގައި އޮތް ކާރު ނަގަން ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީއިން އެންގި މައްސަލައިގައި މުސްތަފާ އިތުރަށް ވިދާޅުވީ އޭ-180 މޮޑެލްގެ މާސިޑީޒް ބެންޒް ކާރެއް ފޭރިގަތުމަކުން ކަންބޮޑު ނުވާ ކަމަށެވެ. 

"ޕީޕީއެމްއިން ކެނޑިގެން އައިފަހުން 7 މިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި 5000 ޓަނުގެ އާގު ބޯޓެއް ވެސް ފޭރިގަނެފަ ވެއްޖެ،" މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ 25 އަހަރުކުރިން ތިލަފުށިން ނަގާފައި ހުރި ބިންތަކާއި މުދަލާއި ޢިމާރާތްތައް ވެސް ފޭރިގަންނާނެކަމުގެ އިންޒާރު ވެސް ލިބެމުންދާ ކަމަށެވެ. 

މުސްތަފާ ވިދާޅުވީ ހުރިހާ އެއްޗެއް ފޭރިގަތަސް ދަރިންނާއި ނަފްސު ފޭރި ނުގަނެވޭނެކަން ރައީސް އަބްދުﷲ ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާއަކީ، ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅުގެ މައްސަލައިގައި ފުލުހުން ކުރި ތަހުޤީޤު ހުއްޓާލާފައިވާ ކަމަށް ބުނުމަށް ފަހު، ފަހުން ޓެރަރިޒަމްގެ ދައުވާ އުފުލުނު މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އޭނާގެ ގާތް ބައެއް މީހުން މަޖިލިސް ދޮށަށް ދިޔައިރު ފުލުހުން ފޯކްލިފްޓެއް ބޭނުންކޮށްގެން ކާރު ނަގަން އުޅޭ ކަމަށެވެ. އަދި ނަގާއިރު ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނިކަމަށާއި، އެހެން ނަމަވެސް ފަހުން ކާރު އެތަނުން ނަގައިގެން ގެންދަން ފުލުހުން ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ. 

ރާއްޖެ.އެމްވީ އާއި ވާހަކަ ދެއްކެވި ފަހުން މުސްތަފާ ވަނީ ކާރު ނަގަން ދިޔަ ފުލުހުންނަށް ޝުކުރު އަދާކޮށް ޓްވީޓެއް ކުރައްވާފައެވެ. 

"ފުލުހުންގެ ކުދިންނަށް ބޭނުމެއް ނުވޭ މީހުންގެ މުދަލަށް އަރައި، ފޭރުމުގެ އަމަލު ހިންގާކަށް."

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
17%
17%
17%
33%
17%
ކޮމެންޓް