ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 16:59
ކޮމަންވެލްތު ބައްދަލުވުން މިއަހަރު އޮތީ ލަންޑަންގައި
ކޮމަންވެލްތު ބައްދަލުވުން މިއަހަރު އޮތީ ލަންޑަންގައި
ކޮމަންވެލްތު
ކޮމަންވެލްތު
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅޭނެ ކަމަށް ރައީސް ނަޝީދާއި ޝާހިދު ވިދާޅުވެއްޖެ
 
ކޮމަންވެލްތުން ވަކިވި ގެމްބިއާއިން އަލުން ކޮމަންވެލްތާ ގުޅި، މިއަހަރު ބައްދަލުވުމުގައި ބައިވެރިވޭ
 
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވާކަމީ ލަދުވެތިކަމެއް: ޝާހިދު
 
ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވެ، ހަރަކާތްތެރި ދައުރެއް އަދާކުރާނެ: ނަޝީދު

ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި މިހާރު ފެށުމަށް ތައްޔާރުވެފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ދިމާކޮށް ރައީސް ނަޝީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވެ، ހަރަކާތްތެރި ދައުރެއް އަދާކުރާނެ ކަމަށެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އިނގިރޭސި ތަޚުތުން އަބަދުވެސް ކޮމަންވެލްތުގެ ޤައުމުތައް ތަމްސީލްކޮށްފައިވާ ކަމަށާއި، އިތުރު ލީޑަރެއް ބޭނުންވާ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު އިޝާރާތްކުރެއްވީ ބެލެވޭ ގޮތުގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ވަނަ އަށް ފަހު ކޮމަންވެލްތުގެ ލީޑަރަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކާ މެދު މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވާ މައްސަލައަށެވެ.

ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވުމުން ކޮމަންވެލްތާ އަލުން ގުޅޭނެ ކަމަށެވެ. އަދި ލަންޑަންގައި އޮތް ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓީންގައި ރާއްޖެ ބައިވެރިނުވާކަމީ ލަދުވެތިކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވަނީ ރާއްޖެއިން 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވީ ކޮރަޕްޝަނާއި، އިންސާނީ ހައްޤުތަކުގެ މައްސަލަތަކާއި ޑިމޮކްރަސީ ނެތިގެންދާ މައްސަލައިގައި ކޮމަންވެލްތުގެ ފިއްތުންތައް ރާއްޖެއަށް ކުރިމަތިވުމުންކަން ފާހަގަކުރައްވާފައެވެ. 

ކޮމަންވެލްތުން މީގެ ކުރިން ވަކިވި ގެމްބިއާ އިން އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ވެރިޔަކު އިންތިޚާބު ކުރުމަށް ފަހު އަލުން ކޮމަންވެލްތާ ގުޅި، މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެއެވެ.

ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުން ކުރިއަށްދަނީ އެޕްރީލް 19-20 އަށް ލަންޑަނުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
17%
17%
0%
17%
ކޮމެންޓް