ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:04
އެސްއީޒެޑް
އެސްއީޒެޑް
ގޫގުލް
ނޭޝަނަލް އިންވެސްޓްމެންޓް
ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި
 
ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް އުފައްދާފައިވަނީ އޭޕްރީލް 05 ވަނަ ދުވަހު
 
މެނޭޖިންގ ޑިރެކްޓަރަކަށް ކަނޑައަޅާފައިވަނީ މ. ސުހާރާ އަބްދުﷲ ފަޒީލް
 
ކުންފުނީގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ ގ.ކާނިހިޔާ، މުހައްމަދު ޖަލީލު

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ކުރައްވާފައިވާ ޓްވީޓުގައި ވަނީ މިކަން ހާމަކޮށްފަ އެވެ.

 އެގޮތުން ކުންފުނީގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ ގ.ކާނިހިޔާ، މުހައްމަދު ޖަލީލު އެވެ.

ޖަލީލު މީގެ ކުރިންވަނީ ފިނޭންސް މިނިސްޓްރީގެ ސީނިއަ އެޑްވައިޒަރ ޓު ދަ މިނިސްޓަރ ގެ މަގާމުވެސް ފުރުއްވާފަ އެވެ.  ސަރުކާރުގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ޖަލީލު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

މެނޭޖިންގ ޑިރެކްޓަރަކަށް ކަނޑައަޅާފައިވަނީ މ. ސުހާރާ އަބްދުﷲ ފަޒީލް އެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި ހ.އޮއޭސިސް ވިއު، ރުޝާހާ އަހުމަދު ޝަރީފާއި ގ. ބުލްބުލާ ވިލާ، އައިމިނަތު ނަދާ ހުސައިން އެވެ.

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް އުފައްދާފައިވަނީ އޭޕްރީލް 05 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކުންފުނި އުފެއްދެވި ސަބަބެއް ކަމުގައި ބުނެފައިވަނީ ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރު ދެނެގަނެ އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށާއި އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސްގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތައާރަފް ކުރުމަށް ހިތްވަރުދީ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މިއީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ކުންފުނީގެ ރައުސުލްމާލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10ރ. ގެ 500،000 (ފަސް ސަތޭކަ ހާސް ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 5،000،000 (ފަސް މިލިއަން) ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
50%
0%
0%
ކޮމެންޓް