ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:10
ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
ޓްވިޓަރ
ޔޫއެންގެ ނިންމުން
އދ. ގެ ނިންމުމަށް ގޮންޖަހާ ބާއްވާ އިލެކްޝަނަކުން ހޮވޭ ސަރުކާރެއް ސައްހައެއް ނުވާނެ: ނަސީމް
 
އެކަން ބަލައި ނުގަނެ، ދެން ބާއްވާ ކޮންމެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް

އދ. ގެ ނިންމުމަށް ގޮންޖަހާ ބާއްވާ އިލެކްޝަނަކުން ހޮވޭ ސަރުކާރެއް ސައްހައެއް ނުވާނެ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު

އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ވަޝީދަށް އިލެކްޝަންގައި ވާދަކުރެވެން ޖެހޭ ކަމަށް އދ. އިން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް ދިވެހި ޚާއްރިޖިއްޔާއިން ހޯމަ ދުވަހު ބުނި ބުނުމަށް ރައްދު ދެއްވާ ކުރީގެ ޚާރިޖީ ވަޒީރު ނަސީމް ވިދާޅުވީ، ޔޫއެން ހިއުމަން ރައިޓްސް އިން ރައީސް ނަޝީދަށް ކުރިމަތި ލެވޭނެ ކަމަށް ނިންމުމުން ވެސް އެކަން ބަލައި ނުގަނެ، ދެން ބާއްވާ ކޮންމެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށެވެ.

ނަސިމް ވިދާޅުވީ، އެފަދަ އިންތިޚާބަކުން ހޮވޭ ސަރުކާރެއް ދުނިޔެއިން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެ ސަރުކާރެއް ވެގެން ދާނީ، ގާނޫނާއި ޚިލާފު ސަރުކާރަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއިން ނިންމާފައި ވަނީ ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިސަރުކާރުން ނަޝީދަށް ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
17%
0%
17%
0%
17%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 08:56
ކަމަނަ
މަގޭ ކުންފުނީގެ ކަންކަން ނިންމާނެގޮތް އެނގޭނީ މަށަށް!!!! އެކަމާ ޔޫ.އެން އާ އެއްވެސް ގުޅުމެއް ނޯންނާނެ!!! ޔޫއެން ކިތަންމެ ވަރަކަށް ފެލުނަސް މަށަކު ފަރުވާލެއްނެތް!!! ކަހާތަން ހިރުވާވެސް ނުލާނެ!!!! ހަމަފެލިފެލި ތިބެންޖެހޭނީ!!! މަގޭ ރޮނޑުގެ ހަން ދަމާނެ ކޮޅެއް އެނގޭނީ މަށަށް