ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:47
ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓު އަހުމަދު ޝިފާން
ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓު އަހުމަދު ޝިފާން
މުހައްމަދު ޝަރުހާން
ފަނޑިޔާރު އަލީ ހަމީދު
38 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނެވުނީ އޮޅިގެން: ފުލުހުން
 
އެކަން ފާހަގަ ކުރީ ނޫސްވެރިން ސުވާލު ކުރުމުން
 
އިސްލާހު ކުރީ އެކަން ހިނގައިދިޔަތާ، ދެ ދުވަސް ފަހުން
 
ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ

ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި 38 މިލިއަން ރުފިޔާ ވާހަކަ އޭނާއަށް ވިދާޅުވެވިފައިވާނަމަ، އެއީ އޮޅުމެއް ކަމަށާއި ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް، އާދީއްތަ ދުވަހު ނޫސްވެރިންނަށް ދެއްކި ޕްރެޒެންޓޭޝަންގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް 38 މިލިއަން ރުފިޔާ އެ ގެއިން ފެނުނު ކަމަށް ޝިފާނަށް ވިދާޅުވެވުނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ "ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ" ކަމަށެވެ.

"އޭގެ ރަނގަޅު ގޮތަކީ 3.4 މިލިއަން ރުފިޔާ. 38 މިލިއަން ބަދަލުވި ގޮތެއް ނޭނގޭ،" ފުލުހުންގެ ސްޓްރެޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑުގެ މަގާމާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑުކަން ވެސް ކުރެއްވި ޝިފާން ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝިފާން ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ދިވެހި ރުފިޔާއަށް ވާ ޔޫއެސް ޑޮލަރާއި ޕައުންޑާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000 ރުފިޔާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވަނީ އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
17%
67%
17%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 09:26
ފަސީ
ކޮބައިބާ ބާކީހުރި ފައިސާ؟؟؟