ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:28
މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރ ވާހަކަދައްކަވަނީ
މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރ ވާހަކަދައްކަވަނީ
ގޫގުލް
ނޭޝަނަލް އިންވެސްޓްމެންޓް
ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް ގެ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައިފި
 
ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް އުފައްދާފައިވަނީ އޭޕްރީލް 05 ގައި
 
ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ މިކަން ހާމަކޮށްފައި
 
އެޑްވައިޒަރީ ކޮމިޓީގައި ތިން ބޭފުޅުން ހިމެނޭ

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް ގެ އެޑްވައިޒަރީ ކޮމިޓީއެއް ރައީސް އަބްދުﷲ ޔާމީން އެކުލަވާލައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ރައީސް އެކުލަވާލާފައިވާ އެޑްވައިޒަރީ ކޮމިޓީގައި ހިމެނޭ މެންބަރުން ހާމަކޮށްފަ އެވެ. އެގޮތުން މި ކޮމިޓީގައި ތިއްބަވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ލުވެއިޒް އެވެ.

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް އުފައްދާފައިވަނީ އޭޕްރީލް 05 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކުންފުނި އުފައްދެވި ސަބަބެއް ކަމުގައި ބުނެފައިވަނީ ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރު ދެނެގަނެ އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށާއި އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސްގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތައާރަފް ކުރުމަށް ހިތްވަރުދީ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މިއީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ކުންފުނީގެ ރައުސުލްމާލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10ރ. ގެ 500،000 (ފަސް ސަތޭކަ ހާސް ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 5،000،000 (ފަސް މިލިއަން) ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް