ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:00
ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވި ބައެއް ކުދިން
ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވި ބައެއް ކުދިން
މިނިސްޓްރީ އޮފް ޑިފެންސް
ގުރުއާން ކިޔަވަން ދަސްކޮށްދިނު
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ލ.މާމެންދޫ ސްކޫލުގައި ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
 
މާމެންދޫ ސްކޫލުގެ 34 ކުދިން ބައިވެރިވި
 
މި ޕްރޮގްރާމު ކުރިއަށްދިޔައީ މިމަހުގެ 12 އިން 16 އަށް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ލ.މާމެންދޫ ސްކޫލުގައި ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހުގެ 12 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ލ.މާމެންދޫ ސްކޫލުގެ އެދިލެއްވުމުގެ މަތިން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ގާރީންގެ އެހީތެރިކަމާއެކު އެ ސްކޫލުގައި ހިންގާފައިވާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

 "ގުރުއާން ކިޔަވަން ދަސްކުރަމާތޯ" ނަމުގައި ލ.މާމެންދޫ ސްކޫލުގައި ހިންގި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒު ކޮށްގެންނެވެ. މިގޮތުން މި ޕްރޮގްރާމްގައި، ގުރުއާން އަކުރުތަކުގެ ސިފަތަކާއި، މަހުރަޖުތަކާއި، ގުރުއާން ކިޔަވަމުންދާއިރު އުނދަގޫ ކަލިމަތައް ކިޔާނެ ގޮތާއި އަދި އަކުރު ކިޔާއިރު އަނގަ ހަރަކާތް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވިފައިވެއެވެ. އެ ސްކޫލުގެ 34 ފަރާތަކުން މި ޕްރޮގްރާމް ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޕްރޮގްރާމް ފުރިހަމަ ކުރެއްވި ފަރާތްތަކަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ މޭޖަރ އަމާނުﷲ އަހްމަދު ރަޝީދެވެ. އެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި ލ.މާމެންދޫ ސްކޫލުގެ އިސް ވެރިންނާއި، ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް