ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 11:00
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުން ޝަރަފްވެރިކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުން ޝަރަފްވެރިކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު
ޓްވިޓަރ
އިސްލާމިކް ޔުނިވަރސިޓީ
ކޮރަޕްޝަންގެ އަމަލުތަކުގައި އާންމު ފަރުދުންވެސް ބައިވެރިވޭ: ޑިފެންސް މިނިސްޓަރ
 
ދުނިޔޭގެ ހިންގަމުންދާ އެކި ކަހަލަ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަމުންދޭ
 
ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލެވޭނީ ތައުލީމީ ޒުވާނުން ނުކުމެގެން
 
ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވޭނީ އާންމުން އެކަމަށް ހޭލުންތެރިވެގެން

ކޮރަޕްޝަނުގެ މައްސަލަތަކުގައި އެކި ފަރާތްތަކަށް އިނގިލި ދިއްކުރަމުންދާ އިރު މިފަދަ ކަންކަމަށް މަގުފަހިވެގެންދަނީ އާންމު ފަރުދުން ވެސް ޝާމިލުވުމާ އެކުގައި ކަމަށާއި ކޮރަޕްޝަން މަދު ކުރެވޭރީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ  އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރުމަށް ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަފީފު ވިދާޅުވީ، ކޮރަޕްޝަނުގެ ކަންކަން ފެށިގެންދާ ގޮތަށް ބަލާ އިރު އެކި ފަރާތްތަކުން ތަފާތު އެކި މީހުންނަށް އިނގިލި ދިއްކުރަމުންދާ އިރު އާންމު ރައްޔިތުން ވެސް މިފަދަ ކޮރަޕްޝަނުގެ އަމަލުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. މިކަން ހައްލު ކުރެވޭނީ އަމިއްލަ ނަފުސުން ކޮރަޕްޝަނާ ދުރުގެ، މިފަދަ ކަންކަމަށް ފާޅުގައި ނޫނެކޭ ބުނެ އާންމުން ހޭލުންތެރި ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ދީނީ ގޮތުން ހިޔާލުތަފާތު ވުންތައް ރާއްޖޭގައި އިތުރުވަމުންދާ އިރު މިކަމަށް ހައްލެއް ހޯދޭނީ ތައުލީމީ ޒުވާނުން ނުކުމެ ކަމަށާއި މިއީވެސް ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއަދު ދުނިޔޭގެ ހިންގަމުންދާ އެކި ކަހަލަ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަމުންދާއިރު ދީނުގެ ނަމުގައި ފަތުރާ ތަފާތު ހިޔާލުތަކަކީ މުޅި ގައުމިއްޔަތަށް ދެމުންދާ ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ގައުމު ހިމާޔަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 642 ކުދިން އެކި ލެވެލްތަކުގެ ކޯސްތަކުން ވަނީ ދަސްވެނިވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 06:52
އެޑަމް
ކޮރަޕްޝަން އަމަލުތަކުގަ އާއްމުން ބައިވެރިވާވާހަކަ ދައްކާއިރު ސަރުކާރުން ބައިވެރިވާ ވާހަކަ ދައްކަން މާރަނގަޅު.